ނޫސްވެރިންނަށް ބޭއަދަބީ ބަސް ބޭނުންކުރުމުން، ޕީޖީ ޝަމީމް މަގާމުން ދުރުކުރުމަށް މޫސާ އަންވަރު ގޮވާލައިފިއެވެ. މޫސަ ބުނެފައި ވަނީ ޕީޖީ ޝަމީމް މަގާމުން "ބޭރުކުރަން" މާބޮޑަށް ލަސްވެއްޖެ ކަމަށެވެ.
މޫސަ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ، ނޫސްވެރިންނަށް "ޝައިޠާނަށް" ގޮވުމަށްފަހު ޕީޖީ ޝަމީމް ޓްވީޓް ކުރުމަށްފަހު، އެ ޓްވީޓް ޑިލިޓް ކޮށްލާފައި ވާކަމަށެވެ. އަދި މިފަދަ ބޭފުޅުން މަގާމުގައި ބަހައްޓައިފި ނަމަ ދައުލަތަށް އިޔާދަ ނުކުރެވޭ ގެއްލުމެއް ޝާމމްގެ ފަރާތުން ކުރިމަތި ވެދާނެ ކަމަށެވެ.
https://twitter.com/moosaanvar/status/1361265935173189634
ޝަމީމް ޑިލިޓްކޮށްލާފައިވާ ޓްވީޓްގައި ވަނީ، ބައެއް ނޫސްވެރިން ތިބީ "ކުނި" ވެފައި ހުރި އިއްޔެ މެންދުރުގެ ވާހަކައިން ޚަބަރު ހަދައިގެން ކަމަށާއި، ބައެއް ކަންކަމުގައި، "އަވަސްވެގަތުމަކީ ސައިތޯނާ" ގެ ކަމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް