އުމުރުން 45 އަހަރުން މަތީގެ އެންމެންނަށް، ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލައިފި

ކޯވިޑް-19 ވެކްސިން ޖެހުމުގެ ފުރުސަތު އުމުރުން 45 އަހަރުން މަތީގެ އެންމެންނަށް މިހާރުވަނީ ހުޅުވާލެވިފައި ކަމަށް އެޗްއީއޯސީ އިން ބުނެފިއެވެ. 45 އަހަރު ނުފުރުނު ނަމަވެސް  ދިގު މުއްދަތަށް ބޭސްފަރުވާ ކުރާ ...

15 Feb 2021 | 10:56

ކޯވިޑް-19 ވެކްސިން ޖެހުމުގެ ފުރުސަތު އުމުރުން 45 އަހަރުން މަތީގެ އެންމެންނަށް މިހާރުވަނީ ހުޅުވާލެވިފައި ކަމަށް އެޗްއީއޯސީ އިން ބުނެފިއެވެ.

45 އަހަރު ނުފުރުނު ނަމަވެސް  ދިގު މުއްދަތަށް ބޭސްފަރުވާ ކުރާ އުމުރުން 18 އަހަރުންމަތީގެ މީހުންނަށްވެސް ވެކްސިން ދިނުން ކުރިއަށް ގެންދެވޭނެ ކަމަށް އެޗްއީއޯސީން މައުލޫމާތު ދެއެވެ.

އިއްޔެ ރާއްޖޭގައި 5،485 މީހުންނަށް ކޯވިޑް-19 ވެކްސިން ދީފައި ވެއެވެ. އެޗްޕީއޭއިން އިއްޔެ އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން އިއްޔެ މާލޭގައި 4،257 މީހުންނަށް ވެކްސިން ދީފައިވެ އެވެ. އަތޮޅު ތެރޭގައި 1،129 މީހަކަށް ވެކްސިން ދީފައިވާއިރު ރިސޯޓުތަކުގައި 99 މީހުންނަށް ކޯވިޑް-19 ވެކްސިން ދީފައިވެ އެވެ.

މިހާތަނަށް ވެކްސިން ޖެހި މީހުންގެ އަދަދަށް ބަލާއިރު ޖުމްލަ 38،591 މީހަކަށް ރާއްޖޭގައި ކޯވިޑް ވެކްސިން ދީފައިވެ އެވެ. އޭގެ ތެރެއިން 31،322 މީހުންނަށް ވެކްސިން ދީފައިވަނީ މާލޭގައި އެވެ. އަތޮޅު ތެރޭގައި ވެކްސިން ދީފައިވަނީ 7،170 މީހުންނަށެވެ.

މިއަދުގެ ނިޔަލަށް މާލޭގައި އަށް ސެންޓަރެއްގައި ވެކްސިން ދީފައިވެ އެވެ. އަތޮޅު ތެރޭގައި ކޯވިޑް ވެކްސިން ދީފައިވަނީ 48 ސެންޓަރެއްގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް