ސްޓެލްކޯގެ "ރަށް ފެހި" ޕްރޮގްރާމްގެ ދަށުން އެ ކުންފުނީގެ އަމާޒަކީ މި އަހަރު 5000 ގަސް އިންދުން ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މި ޕްރޮގްރާމް މިދިޔަ ދެ އަހަރު ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން 2019 ވަނަ އަހަރު 2000 ގަސް އިންދާފައިވާއިރު 2020 ވަނަ އަހަރު 3000 ގަސް އިންދާފައި ވެއެވެ. އެއް އަހަރަށްވުރެ އަނެއް އަހަރު އިންދާފައިވާ ގަސް އިތުރު ވުމުން، ސްޓެލްކޯއިން މިއަހަރު އަމާޒު ހިފާފައި ވަނީ 5000 ގަސް އިންދުމަށެވެ.
ސްޓެލްކޯއިން ވަނީ މާލެ ސަރަހައްދު ފިޔަވައި އެކުންފުނީގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެހެން ހުރިހާ ރަށެއްގައި ގަސް އިންދުމުގެ މަސައްކަތް ފަށާފައެވެ.
2018 ވަނަ އަހަރު ފެށި މި ޕްރޮގްރާމަކީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެވަޑައިގަންނަވާފައިވާ ވައުދުފުޅެކެވެ. އެގޮތުން އެމަނިކުފާނުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މި މަސައްކަތް ކުރާނެ ކަމަށް ވައުދު ވެވަޑައިގެންނެވިއެވެ. މި ޕްރޮގްރާމް 2018 ވަނަ އަހަރު ފައްޓަވައިދެއްވީ ވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް