އޭނަޔާ އިނދެވުނީތީ އުފާވާ ވާހަކަ
ކޮންމެ މީހަކީވެސް މުހިންމު މިހެއްގެ ގޮތުގައި އިހުސާސްވާން ބޭނުންވާނެ މީހެކެވެ. އެގޮތުން ފިރިމީހާ އަކީ ތިބާއަށް ކިހާ މުހިންމު މީހެއްކަން ބުނެދޭށެވެ. އޭނަޔާ އިނދެވުނީތީވެ އުފާވާ ވާހަކަ ބުނެދީ އޭނާވެސް ފަޚުރުވެރިކޮށްދޭށެވެ.
ކޮށްދޭ ރަނގަޅު ކަންތައްތަކުގެ ވާހަކަވެސް ބުނާށެވެ.
އާންމުކޮށް މީހުންގެ އާދަޔަކީ މީހަކަށް ގޯސް ކަމެއް ކުރެވުމުން އޭގައި ހިފާ ދެމުމެވެ. އެހެން ނަމަވެސް އަބަދު އެފަދަ ވާހަކަ ދައްކާ ނަމަ ފިރިމީހާގެ ބޮލަށް ވަރަށް އުނދަގޫވާނެއެވެ. އެހެން ކަމުން އޭނަ ކޮށްދީފައި ހުރި ރަންގަޅު ކަންތައްތަކުގެ ވާހަކަ ދައްކާ އަދި އެކުގައި ހޭދަކޮށްފައިވާ އުފާވެރި ދުވަސްތަކުގެ ވާހަކަވެސް ދެއްކުން މުހިންމެވެ. ކޮށްދޭ ކަންތައްތަކުގެ އަގު ވަޒަން ކުރާނަމަ އަލުން އެފަދަ ކަންތައްތައް ކޮށްދޭ ހިތްވެސް ވާނެއެވެ.
މާފަށް އެދޭށެވެ.
މާފަށް އެދުމާއި ކުށް ޤަބޫލުކުރުމަކީ ބައެއް މީހުންނަށް ވަރަށް އުނދަގޫ ކަމެކެވެ. އެހެން ނަމަވެސް ތިބާއަށްވެސް ގޯސް ހެދޭނަމަ އެކަމާ ވިސްނާލާށެވެ. އަދި އެކަމަށް މާފަށްވެސް އެދޭށެވެ. މިގޮތަށް ކަންތައް ކުރުމުން ފިރިމީހާއަށްވެސް އަލުން ތިބާއާ ކުރިމަތިލާން ފަސޭހަވެ ކަންތައްތައް ހިއްސާކުރަންވެސް ފަސޭހަވެގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް