މަޖާކޮށް ނާޗަރަންގީ ކުޅޭނެ މަރުކަޒު ހެދުމުގެ ބިލު ބަލައިގެންފި

މާލޭގައި މަޖާކޮށް ލަވަކިޔާ، ހީސަމާސާ ކޮށް ހަދާލަން މަރުކަޒެއް ހެދުމުގެ ގަރާރު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފި އެވެ. މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ މިމަހުގެ އަށް ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލ...

15 Feb 2021 | 08:45

މާލޭގައި މަޖާކޮށް ލަވަކިޔާ، ހީސަމާސާ ކޮށް ހަދާލަން މަރުކަޒެއް ހެދުމުގެ ގަރާރު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފި އެވެ.

މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ މިމަހުގެ އަށް ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ

މި ގަރާރު މަޖިލީހަށް ބަލައިގެންނަން މިއަދުގެ ޖަލްސާގައި ފާސް ކުރީ ހާޒިރުވެވަޑައގެން ތިއްބެވި 37 މެމްބަރުންގެ ތެރެއިން 34 މެމްބަރުންގެ ތާއީދާއި އެކު އެވެ. މި ވޯޓުގައި ބައިވެރިވެވަޑައިގެންނެވީ 35 މެމްބަރުންނެވެ. ދެކޮޅަށް އެއް މެމްބަރަކު ވޯޓު ދެއްވި އެވެ.

ގަރާރު މަޖިލީހަށް ބަލައިގަތުމަށް ފަހު އިތުރަށް ދިރާސާކުރުމަށް ފޮނުވާފައިވަނީ އިޖުތިމާޢީ ކޮމިޓީ އަށެވެ.

ހަސަން ހުށަހަޅުއްވާފައިވާ ގަރާރުގައި ބުނެފައިވަނީ ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، އެކުވެރިންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީނ ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ހުންނަން ޖެހޭ ކަމަށެވެ. އަދި އެފަދަ ތަނެއް ސަރުކާރުން ގާއިމުކޮށްދިނުމަށް ގަރާރުގައި ގޮވާލާފައިވެ އެވެ.

ގަރާރުގައި ބުނެފައިވާގޮތުގައި ޒުވާނުންގެ އާދަޔާހިލާފު ހުނަރު ބޭނުންކުރުމުގެ ފުރުސަތު ހޯދައިދިނުމަކީ ދައުލަތުގެ މަސްޢޫލިއްޔަތެއް ކަމަށެވެ. އަދި ދިވެހި ލަވައާއި މިއުޒިކްގެ ޝައުޤުވެރިކަން ޒުވާނުންގެ ކިބައިގައި އަށަގެންނެވުމަކީ މިއަދު ކޮންމެހެން ކުރާންޖެހިފައި އޮތް ކަމެއް ކަމަށްބުނެ އެވެ.

ދިވެހީންގެ ސަގާފަތް އަންނާން އޮތް ޖީލަށް ވާސިލުކޮށްދިނުމުގެ މަސްޢޫލިއްޔަތަކީ މިއަދުގެ ޒުވާނުންގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ޒިންމާއެއް ކަމަށް އެ ގަރާރުގައި ވެއެވެ. އެހެންނަމަވެސް، އަންނާން އޮތް ޖީލަށް ދިވެހީންގެ ސަފާގަތް އަމާނާތްތެރިކަމާއެކު ފޯރުކޮށްދެވުމާއި ފޯރުކޮށްނުދެވުން ބިނާވެފައިވަނީ، މިއަދު ދައުލަތުން ޒުވާނުންނާމެދު އަމަލުކުރާ ގޮތެއްގެ މައްޗަށް ކަމަށްވެސް އެ ގަރާރުގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް