ފަތުރުވެރިން ރާއްޖެ އަންނަ އަދަދު ދުވަހެއް ދުވަހަކަށް އިތުރު: އަނެއްކާވެސް ރެކޯޑެއް

ފަތުރުވެރިން ރާއްޖެ އަންނަ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވެ، އަނެއްކާވެސް ރެކޯޑް އަދަދަކަށް އިއްޔެ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އެގޮތުން އިއްޔެވަނީ 4856 ފަތުރުވެރިން ރާއްޖެ އައިސްފައެވެ. މ...

15 Feb 2021 | 07:38

ފަތުރުވެރިން ރާއްޖެ އަންނަ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވެ، އަނެއްކާވެސް ރެކޯޑް އަދަދަކަށް އިއްޔެ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

އެގޮތުން އިއްޔެވަނީ 4856 ފަތުރުވެރިން ރާއްޖެ އައިސްފައެވެ.

މި މަހުގެ 12 ވަނަ ދުވަހު 4700 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވާ ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އަބްދުﷲ މައުސޫމް ވިދާޅުވިއެވެ. އަދި އެއީ މިއަހަރު މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި ދުވަސް ކަމަށް މައުސޫމް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުމަށް ކުރާ މަސައްކަތްތަކަށް، އެންމެހާ ފަރާތްތަކަށް މިނިސްޓަރ ވަނީ ޝުކުރު އަދާ ކޮށްފައެވެ.

މި މަހު މިހާތަނަށް 46809 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އަދި މި އަހަރު މިހާތަނަށް 138912 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

މި އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ރަޝިޔާއިންނެވެ. ރަޝިޔާއަށް ފަހު މި ލިސްޓްގައި ހިމެނެނީ އިންޑިޔާއެވެ. ތިންވަނަ އަށް ޔޫކްރެއިންއެވެ.

18 އަތޮޅެއްގައި145 ރެސޯޓް މިހާރު ހިނގަމުންދެއެވެ. އަދި16 އަތޮޅެއްގައި349 ގެސްޓްހައުސް ހިންގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް