ވަގު ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅުނު މީހަކު ހިފަހައްޓައިފި

ވަގު ޕާސްޕޯޓެއް ބޭނުން ނުވަތަ ޕާސްޕޯޓު ނަކަލު ކޮށްގެން ރާއްޖެ އެތެރެވާން އުޅުނު މީހަކު އިމިގްރޭޝަނުން ހިފަހައްޓައިފި އެވެ. އިމިގްރޭޝަނުން ބުނީ ނަކަލުކޮށްފައިވާ ޕާސްޕޯޓެއް ބޭނުންކޮށްގެން ރާއްޖެއަށް އެތ...

15 Feb 2021 | 06:50

ވަގު ޕާސްޕޯޓެއް ބޭނުން ނުވަތަ ޕާސްޕޯޓު ނަކަލު ކޮށްގެން ރާއްޖެ އެތެރެވާން އުޅުނު މީހަކު އިމިގްރޭޝަނުން ހިފަހައްޓައިފި އެވެ.

އިމިގްރޭޝަނުން ބުނީ ނަކަލުކޮށްފައިވާ ޕާސްޕޯޓެއް ބޭނުންކޮށްގެން ރާއްޖެއަށް އެތެރެވާން އުޅެނިކޮށް ހުއްޓުވީ އުމުރުން 36 އަހަރުގެ ބިދޭސީ ފިރިހެނަކު ކަމަށެވެ. އެއީ ކޮން ގައުމެއްގެ މީހެއް ކަން ހާމަކޮށްފައެއް ނުވެ އެވެ.

މިއީ މިއަހަރު ޕާސްޕޯޓު ނަކަލު ކޮށްގެން ރާއްޖެއަށް އެތެރެވާން މަސައްކަތް ކުރި ހަތަރު ވަނަ ބިދޭސީ މީހާއެވެ. މިދިޔަ ޖެނުއަރީ މަހު މިފަދަ ތިން މައްސަލައެއްގައި ބިދޭސީންތަކެއް ހިފަހައްޓައި އަނބުރާ އެމީހުން އައި ގައުމަށް ފޮނުވާލާފައިވެ އެވެ.

މީގެ އިތުރުން މިދިޔަ ޑީސެމްބަރު މަހުވެސް ޕާސްޕޯޓު ނަކަލުކޮށްގެން ބިދޭސީއަކު ރާއްޖެ އެެތެރާން މަސައްކަތް ކުރި އެވެ.

https://twitter.com/ImmigrationMV/status/1361189753685614593

މިފަދަ މައްސަލަތަކުގައި ހިފަހައްޓާ މީހުން ރާއްޖެ އަންނަނީ ކޮން ގައުމަކުން ކަމެއް އަދި އެމީހުން ނިސްބަތްވާ ގައުމު އިމިގްރޭޝަނުން ހާމައެއް ނުކުރެ އެވެ.

ގަވާއިދާ ހިލާފަށް ނަކަލުކޮށްފައިވާ ޕާސްޕޯޓު ހިފައިގެން ރާއްޖެ އެތެރެވާން މަސައްކަތް ކުރާ މީހުން ހުއްޓުވާ އަނބުރާ ގައުމަށް ފޮނުވުމުގެ މަސައްލަތް އިމިގްރޭޝަނުން ދަނީ މެދުކެނޑުމެއް ނެތި ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް