ފެހެންދޫ ބަނދަރުގެ އެއްގަމުތޮށިލުމުގެ މަސައްކަތް ނިމިއްޖެ

ބ. ފެހެންދޫ ބަނދަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ. ފެހެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 75 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މި މަޝް...

15 Feb 2021 | 06:43

ބ. ފެހެންދޫ ބަނދަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

ފެހެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 75 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.

މި މަޝްރޫޢުގެ ދަށުން، 18،500 ކިއުބިކް މީޓަރުގެ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކޮަށް، 25،000 ކިއުބިކް މީޓަރުގެ ނެރަށް ވަންނަ ސަރަޙައްދު ފުންކުރާނެއެވެ.

ފެހެންދޫގައި  އެއްގަމު ތޮށި ލުމަށް ހަމަޖެހިފައި ވަނީ 214 މީޓަރުގެ ސަރަޙައްދެއްގައެވެ. އަދި ބޭރު ތޮށި ލާނީ 130 މީޓަރުގެ ސަރަޙައްދެއްގައި ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

ފެހެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ތެރޭގައި 282 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. މީގެ އިތުރުން ފެހެންދޫގައި މަގުބައްތި އާއި ނެރު ބައްތި ހަރުކުރާނެއެވެ. އަދި 558 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 45.1 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް