ސ. މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %90 ނިމިފައި ވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
މި މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދުގެ ޕޭވްމަންޓް މަސައްކަތްތަކުގެ %96 ވެސް ނިމިފައި ވާ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.
މި މަޝްރޫޢުގެ ދަށުން، 35،496 ކިއުބިކް މީޓަރުގެ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމާއި، 22،500 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމަށް ހަމަޖެހިފައި ވެއެވެ.
496 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ތޮށިލުމާއި، 115 މީޓަރުގެ ސަރަޙައްދެއްގައި ބޮޑު ހިލައިން ބޭރުތޮށިލުން ވެސް މި މަޝްރޫޢުގައި ހިމެނެއެވެ.
އަދި މި މަޝްރޫޢު ނިމޭއިރު 2480 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދިގެންދާނެއެެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 35.4 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް