ހދ. ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތުގެ %68 އާއި ކުރިން ފުންކޮށްފައިވާ ބަނދަރު އަލުން ފުންކުރުމުގެ މަސައްކަތުގެ %90 ނިމިފައި ވާ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.
އެހެންކަމުން ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 30 އިންސައްތަ މިހާރު އެ ނިމުނީއެވެ.
މި މަޝްރޫޢުގެ ދަށުން ބަނދަރަށް އަލަށް އިތުރު ކުރެވޭ ސަރަޙައްދުގެ 53،522.50 ކިއުބިކް މީޓަރުގެ ފުންކުރުމަށް ހަމަޖެހިފައި ވާއިރު، 31،575.50 ކިއުބިކް މީޓަރުގެ ސަރަޙައްދެއް، ބަނދަރަށް ވަދެވެން އޮންނަ ދިމާ ނެރު ފުންކުރާނެއެވެ.
ހަނިމާދޫގެ ބޭރު ތޮށި ލަނީ 355 މީޓަރުގެ ސަރަޙައްދެއްގައި ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި 50 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖަހާއިރު، 270 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގައި ހިމެނެއެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ތެރެއިން 2583 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދިގެން ދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް