"ބިގް ބޮސް 14" އާއި އެކު އަބީނާވްއާ ރުބީނާ ވަރިވުމުގެ ހިޔާލު ދޫކޮށްލައިފި!

އިންޑިއާގެ މަޝްހޫރު ޓީވީ ތަރިން ކަމަށްވާ އަބީނާވް ޝުލްކާ އާއި ރުބީނާ ދިލައިކް ވަރިވާ ހިޔާލު ދޫކޮށްލައިފި އެވެ. ކަލާސް ޓީވީން ދައްކާ އިންޑިއާގެ އެންމެ މަޝްހޫރު އެއް ރިއަލިޓީ ޝޯ "ބިގް ބޮސް14" ގައި މި ފަ...

15 Feb 2021 | 05:56

އިންޑިއާގެ މަޝްހޫރު ޓީވީ ތަރިން ކަމަށްވާ އަބީނާވް ޝުލްކާ އާއި ރުބީނާ ދިލައިކް ވަރިވާ ހިޔާލު ދޫކޮށްލައިފި އެވެ.

ކަލާސް ޓީވީން ދައްކާ އިންޑިއާގެ އެންމެ މަޝްހޫރު އެއް ރިއަލިޓީ ޝޯ "ބިގް ބޮސް14" ގައި މި ފަހަރު ވާދަ ކުރާ މި ދެމަފިރިން ވަރިވާން ނިންމާފައިވާކަން ޝޯގެ ތެރެއިން ހާމަ ކުރި އެވެ. އެ ދެމީހުން ބުނީ އެމީހުން ނިންމައިގެން ތިބީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވަރިވާން ކަމަށެވެ.

ޝޯގެ ފައިނަލާއި ހަމައަށް ގޮސްފައިވާއިރު އަބީނާވް އާއި ރުބީނާ ވަނީ ޝޯއިން ވަކިވާންޖެހި ބިގް ބޮސްގެ ގެއިން ނުކުމެފައި އެވެ. އެހެންވެ އެންމެން ހިތުގައި އުފެދިފައިވާ ސުވާލަކީ އެމީހުން ވަރިވުމުގެ ކަންކަން ގޮސް އޮތީ ކިހާ ހިސާބެއްގައި ތޯއެވެ.

މިކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން އަބީނާވް ބުނެފައިވަނީ ދެ މީހުން ވަރިވުމުގެ ހިޔާލު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެއީ ކުރިން ނިންމާފައިިވާ ގޮތަށް ހިނގާނެ ކަމެއްް ނޫން ކަމަށެވެ.

އަބީނާވް ބުނީ ވަރިވާން ނިންމާފައި އޮއްވަ ޝޯގައި ބައިވަރިވަމުން އެ ނިންމުމާއި ދިރިއުޅުމަށް، ޝޯ އާއި ގުޅިގެން އަންނާނެ ބަދަލާއި ގުޅޭގޮތުން ދެ މީހުން ވަރަށް ގިނަ ވާހަކަ ދެއްކި ކަމަށެވެ. އަދި ދެމީހުންގެ ހުރި އުނި ސިފަތަކާއި ދެމީހުން ރަނގަޅު ކުރަން ޖެހޭ ކަންކަން ޝޯގެ ތެރެއިން އެނގިގެން ދާނެ ކަމަށް ރުބީނާ ކައިރީގަ ބުނެފައިވާނެ ކަމަށް އަބީނާވް ބުންޏެވެ.

އޭނާ ބުނީ ކަންވީ ދެ މީހުން ވާހަކަ ދެއްކި ގޮތަށް ކަމަށާއި ދެ މީހުންގެ ކައިވެނި ކުރިޔަށް ގެންދަން ދިމާވެފައިވާ މައްސަލަތަކުގެ ހައްލާއި ދެމީހުންގެ ހުރި ކޫސަނި ކަންކަން ޝޯގެ ތެެރެއިން އެނގި ގުޅުން އިތުރަށް ވަރުގަދަ ކުރަން ހިތްވަރު ލިބުނު ކަމަށެވެ.

އެހެންވެ ވަރިވުމުގެ ހިޔާލު ދެމީހުން ދޫކޮށްލާފައިވާ ކަމަށް އަބީނާ ބުންޏެވެ.

އަބީނާވް ފެނިގެން ދިޔަ މަޝްހޫރު ސިސްލާތަކުގެ ތެރޭގައި، "އެކް ހަޒާރޯމޭ މޭރާ ބެހެނާ ހޭ" އަދި "ހިޓްލާ ދީދީ" ހިމެނެ އެވެ. ރުބީނާގެ މަޝްހޫރު ސިލްސިލާތަކުގެ ތެރޭގައި "ޗޯޓީ ބަހޫ- ސިންދޫރު ބިން ސުހާގަން" އަދި "އޭކް ނައީ އުންމީދު އެންޑް ޝަކްތީ" ހިމެނެ އެވެ.

ރުބީނާ އާއި އަބީނާވް ކައިވެނި ކުރީ 2018 ވަނަ އަހަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް