ރަަސްދޫއިން ދެ ފަތުރުވެރިން ކޮވިޑަށް ފައްސިވެއްޖެ

އއ. ރަަސްދޫއިން ދެ ފަތުރުވެރިން ކޮވިޑަށް ފައްސިވެއްޖެއެވެ. ރަސްދޫގައި ހުންނަ އަރިއަތޮޅު އުތުރުބުރީ އަތޮޅު ހޮސްޕިޓަލުން ބުނެފައި ވަނީ، އިއްޔެ ނެގި ސާމްޕަލްއިން، އެރަށު ގެސްޓް ހައުސްއެއްގައި ތިބި ދެ ފަތ...

15 Feb 2021 | 05:29

އއ. ރަަސްދޫއިން ދެ ފަތުރުވެރިން ކޮވިޑަށް ފައްސިވެއްޖެއެވެ.

ރަސްދޫގައި ހުންނަ އަރިއަތޮޅު އުތުރުބުރީ އަތޮޅު ހޮސްޕިޓަލުން ބުނެފައި ވަނީ، އިއްޔެ ނެގި ސާމްޕަލްއިން، އެރަށު ގެސްޓް ހައުސްއެއްގައި ތިބި ދެ ފަތުރުވެރިން ފައްސިވެފައި ވާ ކަމަށެވެ.

މި ދެމީހުންނާ ބައްދަލުވެފައި ވާ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމަށް އެންމެހާ ފަރާތްތަކުން އެއްބާރުލުން ދިނުމަށް އެ ހޮސްޕިޓަލުން އެދިފައި ވެއެވެ.

އަދި އެފަރާތްތަކާ ބައްދަލުވި މީހުންގެ ސާމްޕަލް މިހާރު ވަނީ ނަގަން ފަށާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް