ނަޝީދު އިލެކްޝަންސް ކޮމިޝަނަށް: މިހާރު މިއޮތީ ހޯމްވޯކް ދީފަ. ނިންމައިގެން އަވަހަށް އައުންނޫން ގޮތެއް ނެތް

އިލެކްޝަންސް ކޮމިޝަނަށް ވެސް އަދި ހުރިހާ ހޯމްވޯކް ހަދާ ކުދިންނަށްވެސް ބުނަން އޮތް ވާހަކަ އަކީ، މިހާރު މިއޮތީ ހޯމްވޯކް ދީފައި ކަމަށާއި، ދެން އެ ނިންމައިގެން އަވަހަށް އައުން ނޫން ގޮތެއް ނެތްކަމަށްް މަޖި...

15 Feb 2021 | 04:28

އިލެކްޝަންސް ކޮމިޝަނަށް ވެސް އަދި ހުރިހާ ހޯމްވޯކް ހަދާ ކުދިންނަށްވެސް ބުނަން އޮތް ވާހަކަ އަކީ، މިހާރު މިއޮތީ ހޯމްވޯކް ދީފައި ކަމަށާއި، ދެން އެ ނިންމައިގެން އަވަހަށް އައުން ނޫން ގޮތެއް ނެތްކަމަށްް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފަސް ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

" މި އިންތިހާބް މި އޮތް ދުވަހު ބާއްވާނެ. އިރާދަ ކުރެއްވިއްޔާ މިއަކަށް ބަދަލެއް ނުގެންނާނަން " ނަޝީދު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން އަނެއްކާވެސް ސިޓީފުޅެއް ފޮނުވާފައި ވާ ކަށާއި، ދަރިފުޅުގެ ހޯމްވޯކްއާއި އިލެކްޝަންސް ކޮމިޝަންގެ ސިޓީތައް އެއްވަރު ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު މިއަދު ހެނދުނު އަމީންއާމް ކައިރީގައި ދަންނަވައިފިން، މިހާރު އަޅިގަނޑުގެ ދަރިފުޅުގެ ހޯމްވޯކް އެކޭ، މިއެކޭ އެއްވަރޭ!"

އެގޮތުން ހޯމްވޯކް ނުހަދަންވީ، ނުހެދޭންވީ އެތައް ގޮތެއް ދަރިފުޅު ވެސް ކިޔައިދޭ ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.

"ބައެއް ދުވަސް ދުވަހު ފަންސޫރަށް ވެފަ އިންނަ ގޮތެއް، އަނެއްދުވަހު ގޮނޑިއަށް ވެފަ އިންނަ ގޮތެއް، ކޮޓަރިއަށް ވާ ގޮތެއް. ފުރާޅުމަތީގައި ވާ ކަމެއް، ބޭރުގަ ވާ ކަމެއް. މިހެން ގޮސް ކިތައްމެ ކަމެއް ކިޔައިދޭ. " ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް