އެމްޑިޕީގެ ސެކްރެޓަރީ ޖެނެރަލަކަށް ޝާޒްލީ އައްޔަން ކޮށްފި

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލަކަށް ޝަފީގު ހަމަޖައްސައިފި އެވެ. އެ މަގާމަށް ޝާޒްލީ ހަމަޖެއްސީ މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގައި އެވެ. އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމަށް ހު...

14 Feb 2021 | 19:00

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލަކަށް ޝަފީގު ހަމަޖައްސައިފި އެވެ.

އެ މަގާމަށް ޝާޒްލީ ހަމަޖެއްސީ މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގައި އެވެ. އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލީ ހަމައެކަނި ޝާޒްލީ އެވެ

އޭނާ ވަނީ މީގެކުރިން 2012 ވަނަ އަހަރު ވެސް އެ މަގާމު ފުރުއްވައިފަ އެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ 2014 ވަނަ އަހަރު އެވެ.

ޝާޒްލީ ވަނީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ އަންޑަ ސެކްރެޓަރީ ކަމާއި، ޖަޕާނަށް އޭރު ކަނޑައަޅުއްވާފައިވާ ހުންނެވި ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރު ކަމާއި، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިންގ ޑައިރެކްޓަރުކަން ވެސް ކުރައްވާފަ އެވެ.

ޝާޒްލީ ޝަފީގަކީ އެމްޑީޕީ އަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ފަރާތެކެވެ.

އެމްޑީޕީގެ ސެކެޓްރީ ޖެނެރަލްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އަނަސް އަބްދުއް ސައްތާރުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.

އޭނާ އަކީ ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މަލޭގެ މޭޔަރު ކަމަށް އެމްޑީޕީ ޓިކެޓުގައި ވާދަ ކުރައްވާ ބޭފުޅާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް