ކޮވިޑް19 އަށް މިއަދުވެސް ރާއްޖެއިން 50 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން މިއަދުގެ މައުލޫމާތު ހާމަކޮށްފައިވާއިރު ބުނެފައިވަނީ މިއަދު މާލެއިން 27 މީހަކު އަދި އަތޮޅުތެރެއިން 16 މީހަކު އަދި ހިންގަމުން އަންނަ ރިސޯޓްތަކުން ހަތް މީހަކު ޕޮޒިޓިވް ވެފައިވާކަމަށެވެ.
މިއަދު 50 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ރާއްޖެއިން މިހާތަނަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު މިވަނީ 14375 އަށް އަރާފައެވެ. މި އަދަދުން 13474 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު 901 މީހަކު ތިބި އިރު، މި ވައިރަހުގައި ރާއްޖެއިން މިހާތަނަށް 49 މީހަކު ވަނީ މަރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް