ނުބައި ވަޤުތެއްގަ ނުބައި ތަނެއްގަ ހުރެވުނު އިރުވާހުދަކަށް ވަރުގަދަ ބޮނޑިއެއް ލިބިއްޖެ

ނުބައި ވަޤުތެއްގައި ނުބައި ތަނެއްގައި ހުރެވުނު އިރުވާހުދަކަށް ވަރުގަނދަ ބޮނޑިއެއް މިވަނީ ލިބިފައެވެ. އިރުވާހުދަށް މިކަން ދިމާވެފައި ވަނީ ކެންޔާގެ ނައިރޯބީ ނޭޝަނަލް ޕާކްގައި އިން ފިރިހެން ރައިނޯއެއްއްގ...

15 Jan 2021 | 17:05

ނުބައި ވަޤުތެއްގައި ނުބައި ތަނެއްގައި ހުރެވުނު އިރުވާހުދަކަށް ވަރުގަނދަ ބޮނޑިއެއް މިވަނީ ލިބިފައެވެ.

އިރުވާހުދަށް މިކަން ދިމާވެފައި ވަނީ ކެންޔާގެ ނައިރޯބީ ނޭޝަނަލް ޕާކްގައި އިން ފިރިހެން ރައިނޯއެއްއްގެ ފަހަތުގައި ހުރެވުމުގެ ސަބަބުންނެވެ.

އެގޮތުން ޕާކުގައި އުޅޭ ރައިނޯތައް ކައިރީގައި އަބަދުވެސް ތަފާތު ވައްތަރުގެ ދޫނިތައް އުޅޭކަމަށް ވެއެވެ. އެހެން ނަމަވެސް އިރުވާހުދަށް މިފަހަރު ހުރެވުނުތަން ގޯސް ވީއެވެ.

ރައިނޯ މި ވަނީ އިރުވާހުދު ރައިނޯގެ ފަހަތުގައި ހުއްޓިލައިގެން ހުއްޓައި އިރުވާހުދުގެ މުޅި ގަޔަށް ކުޑަކަމުގޮސްފައެވެ.

އެގޮތުން އުމުރުން  40 އަހަރުގެ ފޮޓޯގްރަފަރ ޙިއްސާކޮށްފައިވާ ފޮޓޯއާ ބެހޭގޮތުން އޭނާ ބުނެފައިވަނީ އިރުވާހުދުގެ ގަޔަށް ކުޑަކަމުދެވުނުކަން ނޭންގޭ ރައިނޯ ވަރުގަދަޔަށް ކުޑަކަމުދިޔުމަށްފަހު ވަރަށް ހަމަޖެހިލިކަމަށެވެ.

ރައިނޯގެ ކުޑަކަމުދާ ނިޒާމު އުފެދިފައި އިންނަ ގޮތުން ރައިނޯ ކުޑަކަމުދާ ވަޤުތުގައި 16 ފޫޓަށް ޢާންމުގޮތެއްގައި ކުޑަކަމުދާ ތަކެތި ބުރާކަމަށްވެއެވެ.

އިރުވާހުދަކީ ކުދިކުދި ފަނިފަކުސާ ކައިގެން ދިރިއުޅޭ އެއްޗެކެވެ. އެހެން ނަމަވެސް މިފަހަރު ނުބައި ވަޤުތެއްގައި ނުބައި ތަނެއްގައި ހުރެވުނުކަމުން ވަރުގަދަ ބޮޑިއެއް މިވަނީ ލިބިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް