ގާސިމް މަރާލި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް އާދީއްތަ ދުވަހު

ހުޅުމާލޭގައި، ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގެ އަޑުއެހުމެއް އާދީއްތަ ދުވަހަށް ތާވަލްކޮށްފިއެވެ. މި މައްސަލައިގާ ދައުވާ އުފުލާފައިވާ އަދުހަމް މުހައްމަދުގެ މައްޗަށް އުފުލާފައިވާ ދައުވ...

15 Jan 2021 | 14:39

ހުޅުމާލޭގައި، ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގެ އަޑުއެހުމެއް އާދީއްތަ ދުވަހަށް ތާވަލްކޮށްފިއެވެ.

މި މައްސަލައިގާ ދައުވާ އުފުލާފައިވާ އަދުހަމް މުހައްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ތާވަލްކޮށްފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނު 09:00 އަށެވެ.

މި މައްސަލައިގާ އަދުހަމްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާއެވެ.

2019 ވަނަ އަހަރު ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ، މަރާލާފައި އޮއްވާ ފެނުނު ގާސިމް މަރާލީ އަދުހަމް ކަމަށް އޭނާ ފުރަތަމަ އެއްބަސްވިއެވެ. ނަމަވެސް ފަހުން ވަނި އެ އިއުތިރާފް އަނބުރާ ގެންގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް