ހުޅުމާލޭ މިސްކިތެއްގައި ނަމާދުކުރަން ހުރި ދިވެއްސަކަށް ބިދޭސީއަކު ހަމަލާދީފި އެވެ.
ފުލުހުން ބުނީ ޙަމަލާ ދީފައިވަނީ ހުޅުމާލޭ މަސްޖިދުލް އަޒީޒާ މޫސާ މިސްކިތުގައި ކަމަށެވެ.
އެ ބިދޭސީ މީހާ، ދިވެހި މީހާގެ ކަރުގައި ހިފާފައިވާ ކަމަށް މަޢުލުމާތު ލިބިފައިވާ އިރު، މި ހާދިސާ ހިނގާފައިވަނީ މިއަދު އަސުރު ނަމާދު ވަގުތު އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިންޑިއާ ރައްޔިތެއް އެ މިސްކިތަށް އަރާ އެ ވަގުތު ނަމާދަށް ހުރި ދޮށީ އުމުރުގެ ދިވެއްސެއްގެ ކަރުގައި ހިފުމުން އެ މިސްކިތުގައި ތިބި މީހުން ވަނީ އެކަން ހުއްޓުވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް