ލ. ގަމާއި ފޮނަދޫ މޮނިޓަރިން ހާލަތުން ނަގައިފި އެވެ.
ގއ. ދެއްވަދޫން ލ. ފޮނަދޫއަށް ދަތުރުކުރި ހަތަރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން މި ދެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައި ވަނީ ނުވައެއް ޖަނަވަރީ ގައެވެ.
މި ކޭސް އާ ގިޅިގެން އެ ދެ ރަށުން މިހާތަނަށްޕޮޒިޓިވް ވި މީހުންގެ ތެރެއިން ކޮވިޑަށް ޓެސްޓް ކުރި އެންމެންގެ ނަތީޖާ ވަނީ ނެގަޓިވް ވެފައެވެ. އަދި ދެ ރަށުން ނެގި ރެންޑަމް ސާންޕަލްތައްވެސް ވަނީ ނެގެޓިވް ވެފަ އެވެ.
އެޗްޕީއޭ އިން ބުނެފައިވަނީ، މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް ނެތުމާއެކު ފޮނަދޫ އަދި ގަން މޮނިޓަރިންގ ހާލަތުން ނެގުމަށް ނިންމާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް