ހުރިހާ ރައްޔިތުން ގުޅިގެން އެއްބައިވަންތަ ކަމާއިއެކު ބަލި ކޮންޓްރޯލް ކުރުމަށް އާދަމް ޝަރީފް ގޮވާލައްވައިފި

ހުރިހާ ރައްޔިތުން ގުޅިގެން އެއްބައިވަންތަ ކަމާއިއެކު ބަލި ކޮންޓްރޯލް ކުރުމަށް ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް ގޮވާލައްވައިފި އެވެ. އާދަމް ޝަރީފް ވިދާޅުވީ މިއީ ޚިޔާލުތަފާތުވެ، ބައިބައިވުމަށްވުރެ...

15 Jan 2021 | 09:39

ހުރިހާ ރައްޔިތުން ގުޅިގެން އެއްބައިވަންތަ ކަމާއިއެކު ބަލި ކޮންޓްރޯލް ކުރުމަށް ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް ގޮވާލައްވައިފި އެވެ.

އާދަމް ޝަރީފް ވިދާޅުވީ މިއީ ޚިޔާލުތަފާތުވެ، ބައިބައިވުމަށްވުރެ އެއްބައިވަންތަ ކަމާއިއެކު މަސައްކަތްކޮށް، ބަލި ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަންޖެހޭ ވަގުތު ކަމަށެވެ.

"ކުދި ރަށްތަކުގައި ބަލި ކޮންޓްރޯލް ނުވެއްޖެ ހާލަތުގައި ފަރުވާނުދެވި އެންމެ އެކަށީގެންވާ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ބިރު އެބައޮތް." އާދަމް ޝަރީފް ވިދާޅުވި އެވެ.

https://twitter.com/Adamshareefz/status/1349975827446784000

އަތޮޅު ތެރެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާ މިދަނޑިވަޅުގައި ބަލި ކޮންޓްރޯލް ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަދި އަތޮޅު ތެރޭގައި ބަލި ފެތުރެން ދިމާވެފައިވާ އެންމެބޮޑު ސަބަބަކީ ސަރުކާރުގެ ވެރިންނާއި، ކުންފުނިތަކުން އެއްވެސް ފަރުވާލެއްނެތި ރަށްރަށަށް ދަތުރުކޮށް، ކުރެއްވި ކަންތައްތަކުންކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް