ރައީސް މާފަންނު ރައްޔިތުންނާއެކު - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ހަފުތާގެ
އަންގާރަ ދުވަހުގެ ރޭ ގަލޮޅު ރައްޔިތުންނާ ބައްދަލުކުރައްވާނެކަން ހާމަކޮށްފިއެވެ.
މިކަން ހާމަކުރެއްވީ ސަރުކާރުގެ ތަރުޖަމާނު ހީނާ
ވަލީދެވެ.
ހީނާ ވިދާޅުވެފައިވަނީ ގަލޮޅު ރައްޔިތުންނާ
ބައްދަލުކުރެއްވުން އޮންނާނީ 16 ޑިސެމްބަރު ވާ އަންގާރަ ދުވަހުގެ ރޭ 08:30 ގައި
ޢިމާދުއްދީން ސްކޫލުގައި ކަމަށެވެ.
" ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި،
އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ
ކަންތައްތަކާއި ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ
ޑރ. މުޙައްމަދު މުޢިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ގަލޮޅުގެ
ރައްޔިތުންނާ ބައްދަލުކުރެއްވުން 2025 ޑިސެމްބަރު 16 ވާ އަންގާރަ ދުވަހުގެރޭ 20:30ގައި
ޢިމާދުއްދީން ސްކޫލްގައި އޮންނާނެ" ހީނާ ވިދާޅުވެފައިވެއެވެ.
ގަލޮޅުގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމުގެ
ދަޢުވަތު އަރުވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް