ކޯވިޑަށް މިއަދު ޕޮސިޓިވްވީ 11 މީހުން

ކޯވިޑް-19 އަށް މިއަދު ރާއްޖެއިން ޕޮސިޓިވްވީ އެންމެ 11 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން ހަތް މީހުން ކަމަށެވެ....

14 Dec 2020 | 18:12

ކޯވިޑް-19 އަށް މިއަދު ރާއްޖެއިން ޕޮސިޓިވްވީ އެންމެ 11 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން ހަތް މީހުން ކަމަށެވެ. ދެން ޕޮސިޓިވްވެފައިވަނީ އަތޮޅު ތެރޭގެ ރަށްތަކުން އެކަކާއި އޮޕަރޭޓް ކުރާ ރިސޯޓަކުން ތިން މީހުން ކަމަށެވެ.

މިއަދު ކޯވިޑަށް 1،854 ސާމްޕަލް ޓެސްޓު ކޮށްފައިވެ އެވެ.

މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 593 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނީ 62 މީހުންނަށެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 12،731 މީހުން ވަނީ ރަނގޅުވެފައި އެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން މަރުވެފައިވަނީ 48 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 13،379 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް