“އަމިގޯސް މާވަށް ކައުންސިލް ފުޓްސަލް ޗެލެންޖް 2020” މާދަމާ ފަށަނީ

އެސޯސިއޭޝަން ފޯރ މަތިމަރަދޫ އިމްޕްރޫވްޑް ޖެނެރޭޝަން އޮފް ސްޕޯޓްސް ( އަމިގޯސް) އިން އިންތިޒާމް ކޮށްގެން މުޅި ލާމު އަތޮޅަށް ހުޅުވާލައިގެން ބާއްވާ “އަމިގޯސް މާވަށް ކައުންސިލް ފުޓްސަލް ޗެލެންޖް 2020”ގެ ކު...

14 Dec 2020 | 16:27

އެސޯސިއޭޝަން ފޯރ މަތިމަރަދޫ އިމްޕްރޫވްޑް ޖެނެރޭޝަން އޮފް ސްޕޯޓްސް ( އަމިގޯސް) އިން އިންތިޒާމް ކޮށްގެން މުޅި ލާމު އަތޮޅަށް ހުޅުވާލައިގެން ބާއްވާ “އަމިގޯސް މާވަށް ކައުންސިލް ފުޓްސަލް ޗެލެންޖް 2020”ގެ ކުޅުން މާދަމާ ރޭ ފަށާނެއެވެ.

ކުލަގަދަ ރަސްމިޔާތަކާއި އެކު މި މުބާރާތް މާދަމާ ފެށިގެން ދާއިރު، މި މުބާރާތަކީ ދެ ގުރޫޕަކަށް ބަހާލައިގެން ޖުމްލަ 10 އާއި އެކު ކުރިޔަށް ގެންދާ މުބާރާތެކެވެ.

މުބާރާތުގެ ގްރޫޕް އޭގައި ހިމެނޭ ޓީމް ތަކަކީ ޑީޑީއެފް ދި ގެނެރޭޝަން، ފޯކަސް، އަކިރިކޮޅު އެފްސީ، ޓީކޭ ސްޕޯޓްސް ކުލަބު އަދި އެމްވައިއޭއެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ލާމު ބްލޫސް، ގޯޅި ޖޫނިއަރ، ކާލާ މަންނަ، އެފްސީ ޗެމްޕިއަން އަދި ޑީޑީއެފް ނިއު ޖެނެރޭޝަންއެވެ.

މާދަމާއިން ފެށިގެން މި މަހުގެ 25 ގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތަކީ ޒުވާނުންގެ މެދުގައި ކުޅިވަރަށް ލޯބިޖެއްސުމާއި އެކުވެރިކަން އާލާކޮށް ދެމެހެއްޓުމަށް ބާއްވާ މުބާރާތެއް ކަމަށް މުބާރާތް އިންތިޒާމު ކުރާ ޒުވާނުންގެ ޓީމުން ބުނެއެވެ.

މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު މާދަމާ ރޭ ލ. މާވަށު ޓާފް ފުޓްސަލް ދަނޑުގައި އޮންނައިރު، މުބާރާތުގެ މެޗުތަށް ކުރިއަށް ދާނީ 20:30 އިން 23:00 އާއި ދެމެދުއެވެ. އެގޮތުން މާދަމާ ރޭ މި މުބާރާތުގެ 3 މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މާދަމާ ރޭގެ މުބާރާތް ފެށިގެން ދާނީ ގްރޫޕް އޭގައި ހިމެނޭ ފޯކަސް އަދި ޓީކޭ ސްޕޯޓްސް ކުލަބް ބައްދަލުކުރާމެޗުންނެވެ.

މާދަމާ ރޭ ކުޅެން ހަމަޖެހިފައިވާ މެޗުތަށް:

20:30 – ފޯކަސް އަދި ޓީކޭ ސްޕޯޓްސް ކުލަބް ( ގްރޫޕް އޭ )

21:30 –  އެފްސީ ޗެމްޕިއަން އަދި ކާލާ މަންނަ ( ގްރޫޕް ބީ )

22:30 – އެމްވައި އަދި އަކިރިކޮޅު އެފްސީ  ( ގްރޫޕް އޭ )

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000ރ ގެ ފައިސާގެ އިނާމް ހަމަޖެހިފައިވާއިރު، މުބާރާތރުގެ ދެވަނަ އަށް ދާޓީމަށް 5000ރ ގެ ފައިސާގެ އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް