ދެކުނު ކޮރެއާއިން އެއް ދުވަސް ތެރޭ ކޮވިޑް ޖެހުނު މީހުންގެ އަދަދު ފުރަތަމަ ފަހަރަށް އެއްހާހަަށް ވުރެ އިތުރުވެއްޖެ

ދެކުނު ކޮރެއާއިން އެއް ދުވަސް ތެރޭ ކޮވިޑް ޖެހުނު މީހުންގެ އަދަދު ފުރަތަމަ ފަހަރަށް އެއްހާހަަށް ވުރެ އިތުރުވެއްޖެ ކަމަށް އެގައުމުން ބުނެފި އެވެ. ދެކުނު ކޮރެއާއިން މިއަދު ރިޕޯޓު ކުރި ގޮތުގައި އެގައުމުން...

14 Dec 2020 | 13:51

ދެކުނު ކޮރެއާއިން އެއް ދުވަސް ތެރޭ ކޮވިޑް ޖެހުނު މީހުންގެ އަދަދު ފުރަތަމަ ފަހަރަށް އެއްހާހަަށް ވުރެ އިތުރުވެއްޖެ ކަމަށް އެގައުމުން ބުނެފި އެވެ.

ދެކުނު ކޮރެއާއިން މިއަދު ރިޕޯޓު ކުރި ގޮތުގައި އެގައުމުން 24 ގަޑި އިރު ތެރޭ އެއްހާސް ތިރީސް މީހަކު ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަށް ބަލި ޖެހިފައި ވަނީ ވެރިރަށް ސޯލް އޮންނަ ސަރަހައްދުން ނެވެ.

އެއާ އެކު އެގައުމުން ކޮވިޑު ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 42،700 އަށް ވުރެ މަތިވެފަ އެވެ. އަދި އެގައުމުން ބަލީގައި 580 މީހަކު ވަނީ މަރުވެފަ އެވެ.

ދެކުނު ކޮރެއާގެ ބޮޑުވަޒީރު ޗަންގް ސައި ކިޔުން ވިދާޅުވި ގޮތުގައި އެގައުމުގައި ކޮވިޑް ކޮންޓްރޯލް ނުކުރެވި، ބަލި ފެތުރެމުންދާ ނަމަ ގައިދުރު ކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަން ޖެހިދާނެ ކަމަށެވެ. އަދި އެގައުމުގެ ވެރިރަށް ސޯލް އޮންނަ ސަރަހައްދުގައި މިހާރު ވަނީ ގައިދުރުކުރުމުގެ ލެވެލް 2.5ގެ ފިޔަވަޅުތައް އަޅާފަ އެވެ.

އޭގެ ދަށުން ނައިޓްކްލަބްތައް ބަންދުކޮށް، ރެސްޓޯރެންޓުތަކުން ރޭގަނޑު 9:00ގެ ފަހުން ހަމައެކަނި ޑެލިވަރީ އާއި ޓޭކްއައުޓް ދެވޭ ގޮތަށް ވަނީ ހަދާފަ އެވެ. ނަމަވެސް ލެވެލް 3 ނުވަތަ އެންމެ ހަރުކަށި ފިޔަވަޅުތައް އަޅައިފި ނަމަ ސްކޫލްތައް ބަންދުކޮށް، ޒަރޫރީ މަސައްކަތްތައް ކުރާ މީހުން ފިޔަވާ އެހެން މީހުން ގޭގައި މަޑު ކުރަން އަންގާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް