އިބްތިހާލު މަރާލި މައްސަލައިގައި އޭނާގެ މަންމަ އާފިޔާއަށް މި މަހުގެ ތެރޭގައި ހުކުމް އިއްވަން ނިންމައިފި

އިބްތިހާލު މަރާލި މައްސަލައިގައި އޭނާގެ މަންމަ އާފިޔާއަށް މި މަހުގެ ތެރޭގައި ހުކުމް އިއްވަން ނިންމައިފި އެވެ. ވ. ރަކީދޫގައި އަނިޔާވެރިކޮށް މަރާލާފައިވާ ތިން އަހަރުގެ މުހައްމަދު އިބްތިހާލްގެ މަރުގެ މައ...

14 Dec 2020 | 11:29

އިބްތިހާލު މަރާލި މައްސަލައިގައި އޭނާގެ މަންމަ އާފިޔާއަށް މި މަހުގެ ތެރޭގައި ހުކުމް އިއްވަން ނިންމައިފި އެވެ.

ވ. ރަކީދޫގައި އަނިޔާވެރިކޮށް މަރާލާފައިވާ ތިން އަހަރުގެ މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލައިގައި އާފިޔާގެ މައްޗަށް ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ދައުލަތުން ވަނީ އުފުލާފަ އެވެ.

މި މައްސަލައިގައި އާފިޔާގެ ގާނޫނީ ވަކީލުގެ ފަރާތުން ޚުލާސާ ބަޔާން އިއްވުމަށް މިއަދު ހަމަޖައްސާފައިވީނަމަވެސް މިއަދުގެ އަޑުއެހުމަށް އައިއިރު އާފިޔާގެ ގާނޫނީ ވަކީލު ވަނީ ބަދަލުވެފަ އެެވ.

އެހެންވެ، އާފިޔާގެ ގާނޫނީ ވަކީލު ވިދާޅުވީ، އޭނާ މިމައްސަލައާ ހަވާލުވީ މިމަހުގެ 9 ވަނަ ދުވަހު ކަމަށާއި މައްސަލާގައި ހިމެނޭ ލިޔެކިޔުންތައްވެސް ހަމައަށް ލިބިފައިނުވާ ކަމަށެވެ. އަދި ޚުލާސާ ބަޔާން ހުށަހަޅަން 10 ދުވަހުގެ މުއްދަތެއް ދިނުމަށް އެދޭ ކަމަށް ވަކީލު ވަނީ ވިދާޅުވެފަ އެވެ.

އެކަމަށް ދައުލަތުން ދެކޮޅު ހަދާފައި ނުވާތީ މައްސަލަ ބައްލަވާ ގާޒީ ވަނީ މި މަހުގެ 26 ވަނަ ދުވަހު ބާއްވާ އަޑުއެހުމުގައި ޚުލާސާ ބަޔާން އިއްވަން އަންގާފަ އެވެ. އަދި ޚުލާސާ ބަޔާން އިއްވަން ދެން އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށްވެސް ގާޒީ ވަނީ ވިދަޅުވެފަ އެވެ.

ގާޒީ ވިދާޅުވީ މި މަހުގެ 28 ވަނަ ދުވަހު މި މައްސަލައިގެ ހުކުމް އިއްވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް