ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލް ތަސްދީގު ކުރެއްވުމާ އެކު، ޔުޓިލިޓީ ރެގިއުލޭޓްރީ އޮތޯރިޓީ އުފައްދަވައިފި އެވެ.
މި އޮތޯރިޓި އަކީ އެނަޖީ އޮތޯރިޓީ އުވާލައި އުފައްދާފައިވާ ތަނެކެވެ. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ އިއްޔެ އެވެ. މި ބިލު ތަސްދީގު ކުރެވުމާއި އެކު ވަނީ މި ގާނޫނަށް އަމަލު ކުރަން ފަށާފައި އެވެ.
ރައީސް އޮފީހުން ބުނީ، ޔުޓިލިޓީ ރެގިއުލޭޓްރީ އޮތޯރިޓީ އުފައްދައި އެ އޮތޯރިޓީއަކީ އެންވަޔަރްމަންޓް މިނިސްޓްރީގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގައި ރައީސް ސޯލިހު އިއްޔެ ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި ކުރިން ހިންގަމުން އައި އެނަޖީ އޮތޯރިޓީ އިއްޔެއިން ފެށިގެން އުވާލާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ޔުޓިލިޓީ ރެގިއުލޭޓްރީ އޮތޯރިޓީއަކީ ފެނާއި ނަރުދަމާއި އާއި ކަރަންޓުގެ ޚިދުމަތް ދިނުމާ ބެހޭ އުސޫލުތައް ކަނޑައެޅުމާއި ޚިދުމަތުގެ އަގު ކަނޑައެޅުމުގެ އިތުރުން އެފަދަ ޚިދުމަތްތަކަށް ލައިސަންސް ދޫކުރުމާއިި އެފަދަ ޚިދުމަތްތައް ރެގިއުލޭޓްކުރާ އިދާރާ އެވެ.
ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެ އޮތޯރިޓީގެ ބޯޑަށް މެމްބަރުން އައްޔަން ކުރައްވާނީ ރައީސެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް