ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑުން އިތުރު 10 ރަށަކަށް އެހީ ވެއްޖެ އެވެ.
ބީއެމްއެލްއިން ބުނީ މި10 ރަށުގައި ހިންގަން ހުށަހެޅި ޕްރޮޖެކްޓުތަކަކީ މިއަހަރުގެ ފަހު ފިޔަވައްސަށް ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު10 ޕްރޮޕޯސަލް ކަމަށެވެ. މި ފަހަރު ހިންގާފައިވާ ޕްރޮޖެކްޓުތަކުގެ ތެރޭގައި ހިމެނެނީ ލައިބްރަރީ އާއި، ޕާކާއި، މަސްކަނޑާ ތަނެއްގެ އިތުރުން ސޯލާ ލައިޓް ހަރުކުރުން ފަދަ ޕްރޮޖެކްޓުތަކެވެ.
ށ. ގޮއިދޫގެ މަގުތަކުގައި ސޯލާ ލައިޓް ހަރުކުރުން –- އިބްރާހިމް ނިޝާމް އަހުމަދު
ރ. ފައިނުގައި ލައިބްރަރީއެއް ތަރައްގީ ކުރުން –- ފައިނު އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެންޑެވަރސް
ބ. އޭދަފުށީގައި ކޮމިއުނިޓީ ޕާކެއް ތަރައްގީ ކުރުން –- ވެސްޓް ވިންގްސް އޭދަފުށި
ޅ. ކުރެންދޫގައި ކޮމިއުނިޓީ ފެސިލިޓީ ތަރައްގީ ކުރުން - ކުރެންދޫ އެންވަޔަރަމަންޓް އެޑިޔުކޭޝަން ސްޕޯރޓްސް އެސޯސިއޭޝަން (ކީސާ)
ހުޅުމާލޭގައި ކުޑަކުދިން ފޮތް ކިޔުމަށް ހާއްސަ ތަނެއް ތަރައްގީ ކުރުން –- ޗިލްޑްރަން އޮފް މޯލްޑިވްސް
އއ. ބޮޑުފުޅަދޫގައި މަސްކަނޑަން ހާއްސަ ތަނެއް ގާއިމް ކުރުން - ރިވަލޫޝަނަރީ ބޮޑުފުޅަދޫ ޖެނެރޭޝަން
އއ. ތޮއްޑޫގައި ފޮތް ކިޔާ ޕާކެއް ގާއިމް ކުރުން –- އާދަމް އަފްސަލް
ލ. ފޮނަދޫގައި ކޮމިއުނިޓީ ގާޑަންއެއް ތަރައްގީ ކުރުން - ފޮނަދޫ އެންވަރަމެންޓް އެންޑް ސަސްޓެއިނަބިލިޓީ ޑިވަލޮޕްމަންޓް
ގދ. ގައްދޫގައި ވޭސްޓް މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކޮށްދިނުން- ސާސްޓްރާ ކޮމުއުނިޓީ
ގދ. ހޯޑެއްދޫގައި ނޭޗަރ ޕާކް ތަރައްގީ ކުރުން –- ހޯޑެއްދޫ ސްޕޯޓްސް
ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް މިފަހަރުވެސް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގުމަށް ވަރަށް ރަނގަޅު ގިނަ ޕްރޮޕޯސަލްތަކެއް ލިބުނު ކަމަށެވެ. އޭނާ ވިދާޅުވީ ޖަމިއްޔާތަކުންނާއި އާންމު ފަރުދުންގެ ފަރާތުން ރަށްރަށަށް ބޭނުންތެރި މިފަދަ ޕްރޮޖެކްޓްތައް ހިންގުމަށް ކުރާ ބުރަ މަސައްކަތްތައް ފާހަގަ ކުރާ ކަމަށް ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ މި ޕްރޮޖެކްޓްތައް ކާމިޔާބުކަމާއެކު ނިންމާލުމުގައި ބައިވެރިވެވޭކަމީ ބީއެމްއެލްއަށް ލިބޭ އުފަލެއް ކަމަށެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑުން މިހާތަނަށް 40 ރަށަކަށް އެހީވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް