ޖަޕަނީސް ގްރާންޓް އެއިޑުން ރާއްޖެއަށްދީފައިވާ މާސްޓަރސް ޑިގްރީގެ ހަ ފުރުސަތަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޖަޕަނީސް ގްރާންޓް އެއިޑް (ޖޭޑީއެސް)ގެ ފަރާތުން ދިވެހިރާއްޖެއަށް މާސްޓަރސް ޑިގްރީގެ ހަ ސްކޮލަރޝިޕް ފުރުސަތު ހުޅުވާލައިފިއެވެ. މާސްޓަރސް ޑިގްރީ ސްކޮލަރޝިޕްގެ މި ހަ ފުރުސަތަކީ ޖަޕަނީސް ގްރާންޓް އެއިޑްގެ ...

14 Dec 2020 | 08:33

ޖަޕަނީސް ގްރާންޓް އެއިޑް (ޖޭޑީއެސް)ގެ ފަރާތުން ދިވެހިރާއްޖެއަށް މާސްޓަރސް ޑިގްރީގެ ހަ ސްކޮލަރޝިޕް ފުރުސަތު ހުޅުވާލައިފިއެވެ.

މާސްޓަރސް ޑިގްރީ ސްކޮލަރޝިޕްގެ މި ހަ ފުރުސަތަކީ ޖަޕަނީސް ގްރާންޓް އެއިޑްގެ ދަށުން ކުރިއަށްގެންދާ ހިއުމަން ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓުން ފަންޑުކުރާ ސްކޮލަރޝިޕްތަކެކެވެ.

ޖޭޑީއެސް ސްކޮލަރޝިޕްސް ވެބްސައިޓްގައި ބުނެފައިވާގޮތުގައި މި ހަ ފުރުސަތުގެ ތެރޭގައި ހިމެނެނީ އެންވަރަންމަންޓް، ކްލައިމެޓް ޗޭންޖް އަދި ޑިޒާސްޓަރ މެނޭޖްމަންޓް ދާއިރާއިން ދެ ފުރުސަތަކާއި، އިކޮނޮމިކް އެންޑް އިންޑަސްޓްރިއަލް ޕޮލިސީގެ ދާއިރާއިން ދެ ފުރުސަތެއްގެ އިތުރުން އެޑްމިނިސްޓްރޭޓިވް ކެޕޭސިޓީ ޑިވެލޮޕްމަންޓް ދާއިރާއިން ދެ ފުރުސަތެކެވެ. މި ފުރުސަތުތައް ހުޅުވާލާފައިވަނީ ޖަޕާނުގެ ޔުނިވާސިޓީ އޮފް ސްކުބާ އާއި ނެޝަނަލް ގްރެޖުއޭޓް އިންސްޓިޓިއުޓް ފޮރ ޕޮލިސީ ސްޓަޑީސްގެ އިތުރުން ރިސުމޭކާން ޔުނިވާސިޓީންނެވެ.

މި ފުރުސަތުތަކަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 17 ވަނަ ދުވަހެވެ. އެ ދުވަހުގެ ކުރިން، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެންދުރު 01:30 އާއި ދެމެދު އެޕްލިކޭޝަން ހުށަހެޅުއްވޭނެ ކަމަށާއި، އެޕްލިކޭޝަން ހުށަހަޅުއްވަން ޖެހޭނީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން (ފެން ބިލްޑިންގ / ދެވަނަ ފަންގިފިލާ / އަމީނީ މަގު) އަށް ކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ބުނެއެވެ.

އެ މިނިސްޓްރީން ބުނެފައިވާގޮތުގައި މި ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރައްވާނީ ސްކޮލަރޝިޕް ދެއްވާ ފަރާތުންނެވެ.

މި ފުރުސަތު ތަކާއިބެހޭ އިތުރު ތަފްސީލް:

https://jds-scholarship.org/country/maldives/index.html

ޖޭޑީއެސްގެ ވެބްސައިޓްގައި މި ސްކޮލަރޝިޕާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ ތަކެތި ހަމަކުރއްވުމަށްފަހު ، ސިޓީއުރައެއްގައި ބަންދުކުރައްވައި، އެޕްލިކޭޝަންގެ ތިން ސެޓު ހުށަހަޅުއްވަން ވާނެ ކަމަށާއި، ސިޓީއުރައިގެ ބޭރުގައި އެދިވަޑައިގަންނަވާ ބޭފުޅެއްގެ ނަން، އައިޑީ ކާޑު ނަންބަރު، ގުޅުއްވާނެ ނަންބަރު، ސްކޮލަރޝިޕްގެ ނަން އަދި ކޯހުގެ ނަން ލިޔުއްވަން ވާނެ ކަމުގައިވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް