ބ. މާއްޑޫ ދަނޑުވެރިކަމަށް ދޫނުކުރަން ނިންމައިފި

ބ. މާއްޑޫ ދަނޑުވެރިކަމަށް ދޫނުކުރަން އެގްރިކަލްޗާ މިނިސްޓްރީން ނިންމައިފި އެވެ. އެ މިނިސްޓްރީން މިއަދު ބުނީ މާންޑޫ ދަނޑުވެރިކަން ކުރުމަށް ދޫކުރުމަށް ހުޅުވާލި ބިޑު ބާތިލް ކޮށްފައިވާ ކަމަށެވެ. އޭގެ ސަބަ...

14 Dec 2020 | 08:29

ބ. މާއްޑޫ ދަނޑުވެރިކަމަށް ދޫނުކުރަން އެގްރިކަލްޗާ މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން މިއަދު ބުނީ މާންޑޫ ދަނޑުވެރިކަން ކުރުމަށް ދޫކުރުމަށް ހުޅުވާލި ބިޑު ބާތިލް ކޮށްފައިވާ ކަމަށެވެ. އޭގެ ސަބަބެއް ނުބުނެ އެވެ.

އެކަމަކު ބެލެވޭ ގޮތުގައި އެ މިނިސްޓްރީން މިގޮތަށް ނިންމީ ބ. އަތޮޅުގެ ގިނަ ބައެއްގެ ޝަކުތާކާއި ގުޅިގެންނެވެ. މާއްޑޫ އަކީ 27 ހެކްޓަރުގެ ރަށެކެވެ.

އާންމުން ހިތްހަމަ ނުޖެހުނީ އެ އަތޮޅުގައި ހުރިހާ ގިނަ ފަޅު ރަށްތައް ދަނޑުވެރިކަމަށް ދޫކޮށްފައިވާތީ އާންމުން ދަތުރު ގޮސް ހަދާނެ ރަށެއް ނެތުމުންނެވެ. އެ އަތޮޅުގައި މާއްޑޫ އާއި އެކު ކުއްޔަށް ނުދޭ އޮތީ އެންމެ ދެ ފަޅު ރަށެވެ.

އާންމުން ބުނަމުން ދަނީ ދަނޑުވެރިކަމަށް ދޫކުރާ ރަށްރަށުގެ ބިޑު ކާމިޔާބުކޮށް ރަށްރަށް ނަގަނީ ބޮޑެތި މަހުޖަނުން ކަމަށެވެ. އަދި އެ ރަށްރަށުގައި ދަނޑުވެރިކަން ނުކޮށް އެމީހުން "ހޮލިޑޭ ހޯމް" ހަދައިގެން ޗުއްޓީ ހޭދަ ކުރަމުންދާ ކަމަށް ބުނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާއްޑޫއަށް ބިޑު ހުށަހެޅި ފަރާތްތަކުގެ ތެރޭގައި މަޖިލީސް މެމްބަރުންނާއި ބޮޑެތި ވިޔަފާރިވެރިން ހިމެނެ އެވެ.

މާއްޑޫ އާއި އެކު ބިޑަށްލި ހއ. މަޑުލު، ށ. ކަކާއެރިޔަދޫ، ށ. ނެޔޮ، ނ. ތޮޅެންދޫ، ބ. މާއްޑޫ އަދި ގދ. އޮއިނިގިއްލާ ބިޑުން ނުނަގާ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެފައިވެ އެވެ. އެ ރަށްރަށް ދަނޑުވެރިކަމަށް ދޫކުރުމަށް ހުޅުވާލާފައިވަނީ 21 އަހަރަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް