ކުރިޔަށް އޮތް ލޯކަލްކައުންސިލް ތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސް ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ތުހުމަތު ކުރައްވައިފި އެވެ.
އާދަމް ޝަރީފު މިގޮތަށް ތުހުމަތު ކުރައްވާ ވާހަކަ ދެއްކެވީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ދެއްކެވި ވާހަކަތަކަކާއި ގުޅިގެންނެވެ. ޝަރީފު ވިދާޅުވީ ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކެމްޕެއިން ކޮށް އިންތިހާބު ބާއްވަން ވާންޖެހޭ ތައްޔާރީތައް ވުމުގެ ހުއްދަ ދޭން ޖެހޭ ކަމަށެވެ.
މި ވާހަތަކާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި އާދަމް ޝަރީފު ވިދާޅުވީ ހަމަހަމަ ފުރުސަތު އެންމެންނަށް ލިބޭގޮތަށް އިންސާފުވެރި އިންތިހާބެއް ބާއްވަން އިލެކްޝަންސް ކޮމިޝަނަށް ފުރުސަތު ދޭން ޖެހޭ ކަމަށެވެ. އެކަމަކު އޭގެ ބަދަލުގައި ސަރުކާރުން ކަންތައް ކުރަނީ ބަހަނާ ދައްކައިގެން އިންތިހާޞު ފަސް ކުރަން ކަމަށެވެ.
އާދަމް ޝަރީފު ވިދާޅުވީ ކެންޑިޑޭޓުންގެ ހައްގުތައް ހިމާޔަތް ކުރަން އީސީން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
https://twitter.com/Adamshareefz/status/1338374939896758272
އިލެކްޝަންސް ކޮމިޝަނުން މީޑިއާގައި އިއްޔެ ބުނީ މި ހަފްތާ ތެރޭގައި އިންތިހާބު ބޭއްވުމގެ ހުއްދަ އެޗްޕީއޭއިން ދޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އަންނަ މަހުގެ ފަހެއްގެ ކުރިން އެ ހުއްދަ ލިބިއްޖެ ނަމަ މި ހާރު ކަނޑައަޅާފައިވާ ތާރީހުގައި ކައުންސިލް އިންތިހާބު ބޭއްވޭނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުން ދަނީ އަންނަ އަހަރުގެ މާޗް ހަ ވަނަ ދުވަހު ކައުންސިލް އިންތިހާބު ބޭއްވުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް