ޖޫހީ ޗައުލާގެ ކަންފަތުލާ މުދި ގެއްލިގެން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

ބޮލީވުޑްގެ ކުރީގެ ބަތަލާ ޖޫހީ ޗައުލާގެ ކަންފަތުލާ މުދި ގެއްލިގެން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ. ޖޫހީ އޭނާގެ ރަސްމީ ޓުވިޓާ އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ކަންފަތުލާ މުއްޖަކ...

14 Dec 2020 | 05:28

ބޮލީވުޑްގެ ކުރީގެ ބަތަލާ ޖޫހީ ޗައުލާގެ ކަންފަތުލާ މުދި ގެއްލިގެން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.

ޖޫހީ އޭނާގެ ރަސްމީ ޓުވިޓާ އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ކަންފަތުލާ މުއްޖަކީ އޭނާ 15 އަހަރު ވަންދެން ބޭނުންކޮށްފައިވާ ވަރަށް ހާއްސަ އެއްޗެއް ކަމަށެވެ. އެ ޕޯސްޓުގައި އޭނާ ވަނީ ގެއްލިގެން އުޅޭ ކަންފަތުލާ މުދީގެ ފޮޓޯއެއް އާންމު ކޮށްފައި އެވެ.

ކަންފަތުލާ މުދި ގެއްލުނީ މުމްބާއީ އިންޓަނޭޝަނަލް އެއާޕޯޓު ކައިރިއަށް ކަމަށް ބުނެފައިވެ އެވެ. އަދި ކަންފަތުލާ މުދި ފެނުނު މީހަކު ފުލުހުންނަށް ރިޕޯޓު ކުރުމަށް އެދިފައިވެ އެވެ.

ޖޫހީ ބުނީ އެ އޭނާ އާއި ހަމައަށް ގެނެސްދޭ މީހަކަށް ވަރަށް ބޮޑަށް ޝުކުރުވެރިވާނެ ކަމަށެވެ. އަދި ބަދަލުގައި ރަނގަޅު ހަދިޔާއެއް ދޭނެ ކަމަށް ބުނެފައިވެ އެވެ.

https://twitter.com/iam_juhi/status/1338151824214265858

ޖޫހީ އެންމެ ފަހުން ސްކްރީނުން ފެނުނީ މިދިޔަ އަހަރު އެވެ. ޖޫހީ ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "އިޝްގް" އަދި "ރާޖޫ ބަންގަޔާ ޖެންޓްލްމެން" ހިމެނެ އެވެ.

ކުރިޔަށް އޭނާ އެއްވެސް ފިލްމަކަށް ސޮއި ކުރި ކަމެއް އަދި ނޭނގެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް