ނަމާދަކީ ބުރަކަށީގެ ރިއްސުމަށް ހުރި ރަނގަޅު ފަރުވާއެއް: ދިރާސާ

ނަމާދަކީ ކޮންމެ މުސްލިމަކުވެސް ފަސްވަތުގު ނާޅާ ކުރަން ޖެހޭނެ އަޅުކަމެކެވެ. މުސްލިމުންގެ މައްޗަށް ފަރުޟުކުރައްވާ ފައިވާ އަޅުކަމެކެވެ. ކަންް މިހެން ހުރިއިރު، ނަމާދަކީ ރަނގަޅު ކަސްރަތެއް ވެެސް މެއެވެ. ނަ...

14 Dec 2020 | 03:46

ނަމާދަކީ ކޮންމެ މުސްލިމަކުވެސް ފަސްވަތުގު ނާޅާ ކުރަން ޖެހޭނެ އަޅުކަމެކެވެ. މުސްލިމުންގެ މައްޗަށް ފަރުޟުކުރައްވާ ފައިވާ އަޅުކަމެކެވެ. ކަންް މިހެން ހުރިއިރު، ނަމާދަކީ ރަނގަޅު ކަސްރަތެއް ވެެސް މެއެވެ. ނަމާދުގައި ކުރާ ހަރަކާތްތަކަކީ ހަށިގަނޑަށް އެތަކެއް ގުނަ ފައިދާ ކުރާކަމެއް ކަމަށް ވެސް ސިއްޚީ މާހިރުން ވިދާޅުވެއެވެ.

އެގޮތުން ނަމާދުގައި ކުރާ ހަރަކާތްތަކަކީ ބުރަކަށީގެ ރިހުންތަކަށް ފަރުވާ ލިބޭ އަދި ހުޅުތައް ވަރުގަދަކޮށްދޭ ކަމެއްް ކަމަށް ދިރާސާއަކުން ދައްކަފި އެވެ.

އެމެރިކާގެ ޕެންސިލްވޭނިއާ ސްޓޭޓްގެ ޕެން ސްޓޭޓް ބެރެންޑް ޔުނިވާސިޓީގެ ސައިންސްވެރިން ކުރި ދިރާސާއަކުން އެނގިފައިވާ ގޮތުގައި ނަމާދުގައި ކުރާ ހަރަކާތްތައް ރަނގަޅަށް ކުރާ ނަމަ އެ ހަރަކާތްތަކަކީ މީހާ އެންޒައިޓީ އިން ސަލާމަތްކޮށްދޭ ބުރަކައްްޓާއި އުނަގަނޑުގެ ރިހުންތަކަށް ފަރުވާއަކަށް ފުދޭ ކަމެކެވެ.

" އާގޮނޮމިކް ސްޓަޑީ އޮފް ބޮޑީ މޯޝަންސް ޑިއުރިން މުސްލިމް ޕްރެޔާ ޔޫޒިން ޑިޖިޓަލް ހިއުމަން މޮޑެލިން" ގެ ނަމުގައި އެކުަލަވާލާފައިވާ ދިރާސާ ރިޕޯޓް ޝާއިއުކޮށްފައި ވަނީ އިންޓަނޭޝަނަލް ޖާނަލް އޮފް އިންޑަސްޓްރިއަލް އެންޑް ސިސްޓަމް އެންޖިނިއަން ގެ އެންމެ ފަހުގެ އަދަދުގައެވެ.

ދިރާސާގައި ބޭނުންކޮށްފައި ވަނީ އިންޑިއާއި އެމެރިކާ މީހުންގެ ހަށިގަނޑާ އެއްގޮތަށް ކޮމްޕިއުޓަރުން ޖެނެރޭޓްކޮށްފައިވާ މޮޑެލްތަކެކެވެ. އެމޮޑެލްތައް ބޭނުންކޮށްގެން ބަލާފައި ވަނީ ނަމާދުގެ ހަރަކާތްތައް ކުރުމުން ހަށިގަނޑުގެ އެކި ގުނަވަންތަކަށް އެކަމުން ކުރާ އަސަރުތަކެވެ.

ނަމާދަކީ ވަރަށް ގިނަ އެހެން ބަލިތަކަށް ވެސް ޝިފާ ލިބޭ ކަމެއް ކަން ކުރިން ކޮށްފައިވާ ބައެއް ދިރާސާތަކުން ވެސް ވަނީ އެނގި ހާމަވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް