ޕީއެސްޖީ ބަލިވި އިރު، ނޭމާއަށް އަނިޔާ ވެއްޖެ

ރޭ ފްރެންޗް ލީގުގައި ޕީއެސްޖީ އާއި ލިޔޯން ވާދަކުރި މެޗުގައި ޕީއެސްޖީގެ ފޯވާޑް ނޭމާއަށް އަނިޔާވެއްޖެއެވެ. ފޯވާޑް ނޭމާއަށް އަނިޔާވީ ރޭގެ މެޗުގައި ލިޔޯންގެ ބްރެޒިލް މިޑްފީލްޑަރ ތިއާގޯ މެންޑެސް ކުރި ނުރައ...

14 Dec 2020 | 03:34

ރޭ ފްރެންޗް ލީގުގައި ޕީއެސްޖީ އާއި ލިޔޯން ވާދަކުރި މެޗުގައި ޕީއެސްޖީގެ ފޯވާޑް ނޭމާއަށް އަނިޔާވެއްޖެއެވެ.

ފޯވާޑް ނޭމާއަށް އަނިޔާވީ ރޭގެ މެޗުގައި ލިޔޯންގެ ބްރެޒިލް މިޑްފީލްޑަރ ތިއާގޯ މެންޑެސް ކުރި ނުރައްކާތެރި ޓެކުލަކާ ގުޅިގެންނެވެ. މި ހާދިސާ އާ ގުޅިގެން މެންޑެސް އަށް ރަތް ކާޑު ދައްކައި ވަނީ ދަނޑުން ފޮނުވާލައިފަ އެވެ. ނޭމާ އަށް ލިބުނު އަނިޔާ އާ ގުޅިގެން ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޝެލް ބުނެފައިވަނީ ނޭމާއަށް ލިބުނު އަނިޔާގެ ސީރިއަސްކަން ހުރި މިންވަރު ބެލުމަށްޓަކައި ޓެސްޓްތަކެއް ހަދަން ޖެހޭނެ ކަމަށާއި، އަނިޔާގެ ސީރިއަސްކަން އެނގޭނީ އޭގެ ފަހުގައި ކަމަށެވެ.

ފްރާންސްގެ މީޑިއާއާއި ވާހަކަ ދައްކަމުން ޓުޝެލް ބުނީ ނޭމާ މިވަގުތު ހުރީ ކުލަބްގެ ފިޒިއޯ އިންނާއި، ޑޮކްޓަރުންނާއެކުގައި ކަމަށާއި ނޭމާގެ އަނިޔާގެ ތަފްސީލް މިއަދު ހަދާ މެޑިކަލް ޓެސްޓުތަކަށް ފަހު ހާމަކުރާނެ ކަމަށެވެ.

ނޭމާއަށް އަނިޔާގެ މައްސަލަ ކުރިމަތިވިއިރު، ނޭމާ އަންނަނީ ޕީއެސްޖީގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިހާރު އުމުުރުން28 އަހަރުގެ ނޭމާ ވަނީ ބާސެލޯނާއިން ޕީއެސްޖީއަށް ބަދަލުވި ފަހުން އެޓީމާއި އެކު ތިން ފަހަރު ފްރެންޗް ލީގު ހޯދުމުގެ އިތުރުން މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު މުބާރާތުގެ ފައިނަލްގައި ކުޅެފަ އެވެ.

ރޭ ޕީއެސްޖީ އިން ލިޔޯން އާއި ދެކޮޅަށް ކުޅުނު މެޗުން އެޓީމު ވަނީ 0-1 އިން ބަލިވެފައެވެ. މި ބައްޔާއެކު ޕީއެސްޖީ މިހާރު ވަނީ ޓޭބަލްގެ ތިންވަނައަށް ވެއްޓިފަ އެވެ. ޓޭބަލްގެ އެއްވަނައިގައި ޕީއެސްޖީ އަށްވުރެ އިތުރަށް އެއް ޕޮއިންޓް ލިބިގެން ލިލް އޮތް އިރު ދެވަނައިގައި އޮތީ ލިޔޯން އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް