ސްޕެނިޝް ލީގުގައި ރޭ ލެވަންޓޭ އާ ދެކޮޅަށް ކުޅުނު މެޗުގައި ކެޕްޓަން ލިއޮނަލް މެސީ ކާމިޔާބުކޮށްދިން ލަނޑުން ބާސެލޯނާ މޮޅުވެއްޖެ އެވެ.
ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 0-1 އިންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރތަމަ ހާފު ނިމިގެން ދިޔައީ އެއްވެސް ތީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެގެންނެވެ. މި މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު ފަހުހާފުގެ 75 ވަނަ މިނެޓުގައި ބާސާއަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ކެޕްޓަންލިއޮނެލް މެސީއެވެ. މި ލަނޑަކީ ފްރޭންކި ޑި ޔޮންގ ދިން ބޯޅައެއް ގައި މެސީ ކާމިޔާބު ކޮށްދިން ލަނޑެކެވެ.
މި ލަނޑުގެ ކުރިންވެސް ބާސެލޯނާއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން މާޓިން ބްރެތުވެއިޓް، ކްލެމެން ލެންގްލެޓް، ޖޯޑީ އަލްބާ އަދި، އަންޓުއަން ގްރީޒްމަން އަށް ރަގަޅު ފުރުސަތުތަކެއް ލިބުނެވެ. އެކަމަކު މި ހުރިހާ ކުޅުންތެރިން ފޮނުވާލި ހަމަލާވެސް ލެވަންޓޭގެ ގޯލްކީޕަރު އެއިޓާ ވަނީ ދިފާއުކޮށްފައެވެ.
ރޭގެ މެޗުގައި ލެވަންޓޭ އަށްވެސް ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ލެވަންޓޭގެ ސްޕެއިން ފޯވާޑް ޖޯޖް ޑި ފުރޫޓޯސް އަށް ލިބުނު ބޯޅަ ބޭކާރުވިއިރު މެޗު ނިމެނިކޮށް އެ ޓީމުގެ ސޮން ބާސެލޯނާގެ ގޯލަށް ފޮނުވާލި ބޯޅަ ގޯލްކީޕަރު އެންޑްރޭ ޓަ ސްޓެގަން ވަނީ މަތަކޮށްފަ އެވެ.
ލެވަންޓޭގެ މައްޗަށް ރޭ ބާސެލޯނާއިން ހޯދި މޮޅަކީ މި ފަހަރުގެ ލީގުގައި އެ ޓީމުން ހޯދި ފަސްވަނަ މޮޅެވެ. ރޭގެ ނަތީޖާއާއެކު ބާސެލޯނާ މިހާރުވަނީ ޓޭބަލްގެ އަށްވަނަ އަށް ކުރިއަށް ޖެހިލައިފަ އެވެ.
ބާސެލޯނާޢަށް ދެން ލީގުގައި ނިކުންނާނީ ބުދަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޓޭބަލްގެ އެއްވަނައިގައި އޮތް ރެއާލް ސޮސިއެޑާޑް އާ ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް