ޖަރުމަން ލީގުގެ ގަދަ ބާރު ބޮރޫޝިއާ ޑޯޓްމަންޑުގެ ކޯޗު ލޫސިއެން ފަވްރޭ މަގާމުން ވަކިކޮށްފިއެވެ.
އޭނާ މަގާމުން ވަކިކުރީ ސްޓުޓްގާޓް އަތުން ރޭ 5-1 ގެ ތަފާތު ބޮޑު ނަތީޖާ ބްރޫޝިއާ ޑޯޓްމަންޑް ބަލިވުމުންނެވެ.
ޖަރުމަނު ލީގުގައި އެންމެފަހުން ޑޯޓްމަންޑް ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން އެޓީމު ބަލިވެފައިވާއިރު، ޑޯޓްމަންޑް މިވަގުތު އޮތީ 19 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގައެވެ.
ޖަރުމަން ލީގުގެ އެއްވަނައިގައި 24 ޕޮއިންޓު ހޯދައިގެން އޮތީ ބަޔާން މިއުނިކުއެވެ.
ފަވްރޭ މަގާމުން ވަކިކުރުމަށްފަހު އެޓީމުގެ ކޯޗު ކަމުގެ މަގާމު ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ އެޑިން ޓެރްޒިކް އާއެވެ.
އުމުރުން 63 އަހަރުގެ ފަވްރޭ ޑޯޓްމަންޑްގެ ކޯޗުކަމުގެ މަގާމާއި ހަވާލުވީ 2018 ވަނަ އަހަރުއެވެ. އޭނާގެ ކޯޗުކަމުގެ ދަށުން ކުޅެ ޑޯޓްމަންޑުން ވަނީ މިދިޔަ ސީޒަނުގެ ޖަރުމަނު ސުޕަރ ލީގު ކާމިޔާބުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް