ހަކުރުބަލީގެ ދުވަސް: ރަމްޒީގޮތުން ބައިވެރިވެ މުޅި އުރީދޫ ނޫކުލައިން ދިއްލާލައިފި

މިއަދު ފާހަގަކުރަމުންމިދަނީ ދުނިޔޭގެ ހަކުރު ބަލީގެ ދުވަހެވެ. ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ހަކުރު ބަލީގެ ދުވަހުގެ މި އަހަރުގެ ޝިއާރެއްގެ ގޮތުގައ...

14 Nov 2025 | 16:15
އުރީދޫ އެޗްކިއު ނޫކުލައިން ދިއްލާލާފައި -

އުރީދޫ އެޗްކިއު ނޫކުލައިން ދިއްލާލާފައި -

މިއަދު ފާހަގަކުރަމުންމިދަނީ ދުނިޔޭގެ ހަކުރު ބަލީގެ

ދުވަހެވެ. ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ފާހަގަކުރަމުން

އަންނަ ދުނިޔޭގެ ހަކުރު ބަލީގެ ދުވަހުގެ މި އަހަރުގެ ޝިއާރެއްގެ ގޮތުގައި ދުނިޔޭގެ

ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައާފައިވާ ޝިޢާރަކީ "ޙަޔާތުގެ

އެކި މަރްޙަލާތަކުގައި ހަކުރުބަލި" މި ޝިޢާރެވެ.

ދުނިޔޭގެ ހަކުރު ބަލީދުގެ ދުވަހުގެ މި މުނާސަބަތުގައި

ރަމްޒީގޮތުން ބައިވެރިވުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިން މިވަނީ އުރީދޫ

މޯލްޑިވްސްގެ ހެޑްކުއާޓަރ ނޫކުލައިން ދިއްލާލާފައެވެ. އަދި ދުނިޔޭގެ ހަކުރު ބަލީގެ

ދުވަހަށް އުރީދޫ އެޗްކިއުގެ ލެޑް ޑިސްޕްލޭ ބޯޑުތައްވެސް ޚާއްޞަކޮށްފައެވެ. ހަކުރު

ބަލި ރަމްޒުކޮށްދޭ ކުލަޔަކީ ނޫކުލައެވެ.

ރާއްޖެއާއި ހަކުރު ބައްޔަށް ބަލައިލާއިރު ގައިންގަޔަށް

ނާރާ ބަލިތައް ނުވަތަ އިނގިރޭސިބަހުން ބުނަނީނަމަ ނަން ކޮމިއުނެބަލް ޑިޒީޒަސްތަކުގެ

ތެރެއިން ރާއްޖޭގައި އެންމެ ގިނަ އެއް ބައްޔަކީ ހަކުރު ބައްޔެވެ.

ނިމިދިޔަ 2024ވަނަ އަހަރު ރާއްޖޭގައި ހަކުރު ބަލި

ތަހަންމަލުކުރަމުންދާ އާބާދީ 30 ހާހުގައި ހުރި އިރު މި ޢަދަދު 2050ގައި 50 ހާހަށް

އެރުމުގެ ފުރުޞަތު އެބަ އޮތްކަން ހަކުރުބައްޔާއި ގުޅޭ ބައިނަލްއަގުވާމީ

ޖަމުޢިއްޔާއިން ފާހަގަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް