މިއަދު ކޯވިޑް ޖެހުނީ 42 މީހުންނަށް

ރާއްޖެއިން ކޯވޑް-19 އަަށް އިތުރު 42 މީހަކު ޕޮސިޓިވް ވެއްޖެ އެވެ. މިއަދު ޕޮސިޓިވްވީ މާލެއިން 32 މީހުންނާއި އަތޮޅުތެރެއިން 10 މީހުންނެވެ. އޭޣެ ތެރޭގައި ހިމެނެނީ 28 ދިވެހިންނާއި 14 ބިދޭސީންނެވެ. މިއަދު ކ...

14 Nov 2020 | 18:44

ރާއްޖެއިން ކޯވޑް-19 އަަށް އިތުރު 42 މީހަކު ޕޮސިޓިވް ވެއްޖެ އެވެ.

މިއަދު ޕޮސިޓިވްވީ މާލެއިން 32 މީހުންނާއި އަތޮޅުތެރެއިން 10 މީހުންނެވެ. އޭޣެ ތެރޭގައި ހިމެނެނީ 28 ދިވެހިންނާއި 14 ބިދޭސީންނެވެ.

މިއަދު ކޯވިޑް-19 އަށް ޓެސްޓުކޮށްފައިވަނީ 1،215 ސާމްޕަލެވެ.

މިހާރު ކޯވިޑަށް ފަރުވާ ދެމުން ދަނީ 843 މީހުންނަށެވެ. އޭގެ ތެރެއިން 49 މީހުންނަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި ޕޮސިޓިވް 246 މީހުން އެބަތިއްބެވެ.

އަތޮޅު ތެރޭގެ ހަތް ރަށެއްގައި 11 ޕޮސިޓިވް މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ ނުވަ ބިދޭސީންނާއި ދެ ދިވެހިންނެވެ.

ރިސޯޓުތަކުގެ ތެރެއިން 26 ރިސޯޓުގައި ކޯވިޑަށް ޕޮސިޓިވް މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 80 މުވައްޒަފުންނާއި 59 ޓޫރިސްޓުންނެވެ.

މިހާތަނަށް ކޯވިޑަށް ޕޮސިޓިވްވި މީހުންގެ ތެރެއިން 11،262 މީހުން ބަލިން ރަނގަޅުވެފައިވެ އެވެ.

ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު މިއަދު ވަނީ 12،152 އަށް އަރާފައި އެވެ. އޭގެ ތެރެއިން 42 މީހަކު ވަނީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް