މާލޭގައި ޓެކްސީ ދުއްވާ ހަމަ އެކަނި އަންހެން ޑައިވަރު އާމިނަތު ވަހީދާ (އައިންތު) ގެ ޓެކްސީއަށް ގެއްލުން ދިން މައްސަލައިގަ ދެ މީހަކު ހައްޔަރުކޮށްފައި އެވެ.
އައިންތުގެ ކާރަށް ގެއްލުން ދީފައިވަނީ މިދިޔަ މަހުގެ27 ވަނަ ދުވަހު އިއްޒުއްދީން މަގުގައި ޕާކުކޮށްފައި އޮއްވަ އެވެ. މިއީ އައިންތުގެ ކާރަށް ގެއްލުންދިން ދެ ވަނަ ފަހަރެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައިގަ މިހާތަނަށް ދެ މީހަކު ކޯޓުއަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވާ ކަމަށެވެ. އޭގެ ތެރޭޣައި ހިމެނެނީ26 އަހަރާއި28 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.
މީގެ ތެރެއިން26 އަހަރުގެ މީހާ ހައްޔަރު ކުރީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ. އޭނާގެ ބަންދުގެ މުއްދަތު ދެ ފަހަރު އިތުރުކޮށްފައިވާއިރު އެންމެ ފަހުން އެމީހާގެ ބަންދަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފައިވަނީ މިމަހުގެ12 ވަނަ ދުވަހު އެވެ.
އުމުރުން28 އަހަރުގެ މީހާ ހައްޔަރު ކުރީ މިމަހުގެ13 ވަނަ ދުވަހުގެ ރޭ އެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިދީފައި އެވެ.
އައިންތުގެ ކާރަށް ގެއްލުންދީ ބިއްލޫރިގަނޑު ތަޅާލުމުން ގިނަ ބަޔަކު ފާޑު ކިޔާފައިވެ އެވެ. އަދި އެ ކާރަށް ލިބުނު ގެއްލުންތައް މަރާމާތު ކޮށްދީފައިވަނީ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް