ދުނިޔެވީ އުފަލަށް ހަވާ އެރުވުމަށް ވުރެ، އާޙިރަތުގެ އުފަލަށް ކަމެއް ކުރުން މާ އައުލާކަން ބޮޑު!

މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި މުޅި ދުނިޔެ މިވަނީ އިގްތިސާދީ ބޮޑު ވަޅުގަނޑަކަށް ވެއްޓިފަ އެވެ. މިފަދަ ހާލަތުގައި މުޅި ދުނިޔެ އަދި ޚާއ...

14 Nov 2020 | 13:15

މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި މުޅި ދުނިޔެ މިވަނީ އިގްތިސާދީ ބޮޑު ވަޅުގަނޑަކަށް ވެއްޓިފަ އެވެ.

މިފަދަ ހާލަތުގައި މުޅި ދުނިޔެ އަދި ޚާއްސަކޮށް މި ދިވެހިރާއްޖެ އޮތް އިރު، ބަނޑުފުރާނަ މުއްތިނުކުރެވި ނޫންނަމަ ވަޒީފާގެއްލި އަނބިދަރީންނާއި ޢާއިލާއަށް އެހީތެރިކަމުގެ އަތެއް ދިށްކޮށްނުލެވި ތިބީ ކިތައް މީހުން ކަމެއް ނޭނގެ އެވެ.

ކަން މިހެން އޮތް އިރު، އަޅުގަނޑުމެންގެ ތެރެއިން ފެންނަމުންދަނީ ބައެއް މީހުން ކައިވެނީގެ ބޮޑެތި ހަފުލާތައް ބާއްވައި އަދި އެވަރުން ނުވެގެން ސަޕްރައިޒްއަކަށް ހަވާ އަރުވާ ދުނިޔަވީ އުފާ ހާސިލު ކުރުމުންދާ މަންޒަރެވެ.

އާއެކެވެ. އެ ޚަރަދު ކުރަނީ އެމީހެއްގެ ނުވަތަ އެބައެއްގެ އަތުގައި ހުރި ފައިސާ އެވެ. ފައިސާ ހޯދަނީ ޚަރަދު ކުރާށެވެ. އެ ޚަރަދުތައް ކުރުމަށް އެހެން މީހުންގެ ރުހުން ހޯދާކަށް ނުޖެހޭނެ އެވެ. އެހެންމީހެއްގެ ގާތުން (ހޭވެސް) އަހާކަށް ނުޖެހޭނެ އެވެ.

އެކަމަކު، މުޅި ދުނިޔެ ވެސް އިގްތިސާދީ ކާރިސާއެއްގައި އޮތް އިރު، މިއީ މިފަދަ ކަމަކަށް ހަމަ އެންމެ މުނާސަބު ވަގުތު ތޯ ވިސްނާލުމަކީ ވެސް މުހިންމު ކަމެއްގެ ގޮތުގައި ދެކެމެވެ. އުފަލާއި މަޖަލުގައި މިއަދު އުޅެވިދާނެ އެވެ. ފައިސާ އޮތީމަ، ހަވާ އަރުވާ، މުޅި ގައުމު ދިއްލާލެވިދާނެ އެވެ.

އެކަމަކު މާދަމާ މިކަމުން ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ އެވެ.

މިފަދަ ސަރޕްރައިޒް ޚަރަދުތައް މިގޮތަށް ކުރުމަށް ވުރެ، މި ގައުމުގައި ހާލުގައި އުޅޭ ނިކަމެއްޗަކަށް ފައިސާ ފޮއްޗެއް ދިއްކޮށްލާ، އެމީހުންގެ ހެޔޮ ބަހެއް ހޯދުމުން މާދަމާގެ ގަދަ ހޫނުން ތިބާ ރައްކާތެރިކޮށްދޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް