ލަންކާ ކަސްޓަމްސްގައި ތާށިވި ދިވެހި މަހުގެ ޝިޕްމެންޓް އެ ގައުމަށް އެތެރެކޮށްފި

މަހުގެ ބާވަތްތައް އެތެރެ ކުރުމަށް ގެނައި ބަދަލާއި ގުޅިގެން އަވައްޓެރި ސްރީލަންކާގެ ކަސްޓަމްސްގައި ތާށިވެފައި ހުރި ދިވެހި މަހުގެ ޝިޕްމެންޓުުތައް އެ ގައުމަށް އެތެރެ ކުރުމުގެ ހުއްދަ ދީފި އެވެ. ފޮރިން މިނ...

14 Nov 2020 | 13:12

މަހުގެ ބާވަތްތައް އެތެރެ ކުރުމަށް ގެނައި ބަދަލާއި ގުޅިގެން އަވައްޓެރި ސްރީލަންކާގެ ކަސްޓަމްސްގައި ތާށިވެފައި ހުރި ދިވެހި މަހުގެ ޝިޕްމެންޓުުތައް އެ ގައުމަށް އެތެރެ ކުރުމުގެ ހުއްދަ ދީފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ޝިޕްމަންޓް އެތެރެ ކުރެވުނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެގައުމުގެ ފޮރިން މިނިސްޓަރާއި ދެ ގައުމުގެ ހައި ކޮމިޝަން ގުޅިގެން ކުރިޔަށް ގެންދިޔަ މަޝްވަރާތަކަށް ފަހު ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ލަންކާ ސަރުކާރުން ކުރިންވެސް ދީފައިވާ ޔަގީންކަމާ އެއްގޮތަށް އެ ގައުމަށް އެތެރެކުރެވޭނެ ފަސޭހަ އިންތިޒާމްތައް ހަމަޖެއްސުމާ ގުޅޭ ގޮތުން ލަންކާ ސަރުކާރާއެކު ޝާހިދު މަޝްވަރާ ކުރަމުންދާ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

މީގެ ކުރިންވެސް ރާއްޖޭގެ ކަނޑު މަހުގެ ބާވަތްތައް އެއްވެސް ހުރަހެއް ނެތި ލަންކާއަށް އެތެރެކުރެވޭނެކަމުގެ ޔަޤީންކަން އެ ގައުމުގެ ސަރުކާރުން ވަނީ ދެއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް