ޔޫއެފާއިން ޓޮޓެންހަމްގެ ކޯޗު މޮރީނިއޯ ސަސްޕެންޑް ކޮށްފި

ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ ޔޫއެފާ އިން ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ސަސްޕެންޑް ކޮށްފި އެވެ. އޭނާ ސަސްޕެންޑް ކުރީ އެއްމެޗަށެވެ. ޔޫއެފާއިން މޮރީނިއޯ ސަސްޕެންޑް ކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 29...

14 Nov 2020 | 12:24

ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ ޔޫއެފާ އިން ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ސަސްޕެންޑް ކޮށްފި އެވެ. އޭނާ ސަސްޕެންޑް ކުރީ އެއްމެޗަށެވެ.

ޔޫއެފާއިން މޮރީނިއޯ ސަސްޕެންޑް ކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ ޔޫރޮޕާ ލީގުގައި ބެލްޖިއަމްގެ ރޯޔަލް އެންޓްވާޕް އާ ދެކޮޅަށް ޓޮޓެންހަމް ކުޅުނު މެޗު ފަށަން ހަމަޖެހިފައި އޮތް ގަޑިއަށް ދަނޑަށް ނުނިކުތުމުންނެވެ.

މޮރީނިއޯ ޔޫރަޕްގެ މުބާރާތުގެ މެޗަކުން ސަސްޕެންޑް ކުރުމުގެ އިތުރުން ޔޫއެފާ އިން ވަނީ މެޗަށް ލަހުން ނުކުތުމުގެ ސަބަބުން 23 ހާސް ޕައުންޑުން ޓޮޓެންހަމް ޖޫރިމަނާ ވެސް ކޮށްފަ އެވެ. އަދި، މީގެ އިތުރުން ޔޫއެފާގެ ގަވައިދާ ހިލާފުވުމުގެ ސަބަބުން އެކަމުގެ އަދަބެއްގެ ގޮތުން އިތުރު 2،600 ޕައުންޑުން އެ ޓީމު ވަނީ ޖޫރިމަނާކޮށްފަ އެވެ.

ޔޫރޮޕާ ލީގުގެ ގްރޫޕް ޖޭ ގައި ޓޮޓެންހަމް ވާދަކުރަމުން އަންނައިރު އެ ޓީމު މިވަގުތު އޮތީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް ލިބުނު ހަ ޕޮއިންޓާއެކު ޓޭބަލްގެ އެއްވަނައިގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް