ކޯވިޑްގައި 57 އަހަރުގެ ދިވެއްސަކު މަރުވެއްޖެ، ޖުމްލަ 42 އަށް

ކޯވިޑް-19 އަށް ފަރުވާ ދެމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ. އެޗްއީއޯސީން ބުނީ މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޯވިޑަށް ފަރުވާ ދެމުން ދިޔަ އުމުރުން 57 އަހަރުގެ ދިވެހި ފިރިހެނެއް ކަމަ...

14 Nov 2020 | 11:43

ކޯވިޑް-19 އަށް ފަރުވާ ދެމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްއީއޯސީން ބުނީ މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޯވިޑަށް ފަރުވާ ދެމުން ދިޔަ އުމުރުން 57 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ މިއަދު މެންދުރު ފަހު 2:24 ގައި އެވެ.

މަރުވި އިރު އެމީހާއަށް ފަރުވާ ދެމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި އެވެ.

މިއީ މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކޯވިޑް ޖެހިގެން ރާއްޖެއިން މަރުވި ތިން ވަނަ މީހާ އެވެ. މިއީ މި ބަލީގައި ރާއްޖެއިން މަރުވި 42 ވަނަ މީހާ އެވެ.

މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ހުޅުމާލޭ ހޮސްޕިޓަލަށް ހޭވެރިކަން ނުވާތީ ގެންދިޔަ ބިދޭސީއަކު ވަނީ މަރުވުވުމުން ޓެސްޓު ކުރި އިރު ކޯވިޑަށް ޕޮސިޓިވްވެފައި އެވެ. އޭގެ ފަހުން ހުޅުމާލޭ މެޑިކަލް ފެސިިޓީގައި ކޯވިޑް ޖެހިގެން ފަރުވާ ދެމުން ދިޔަ ކިޑްނީ ބަލީގެ މީހަކު ބުދަ ދުވަހު މަރުވެފައިވެ އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވެފައިވަނީ 35 ދިވެހިންނާއި ހަތް ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހުންނާއި ފިލިޕިންސް މީހެކެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 12،112 މީހުންނެވެ. އޭގެ ތެރެއިން 11،244 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް