ޖޯޖިއާ ސްޓޭޓުގެ 16 ވޯޓާއެކު ބައިޑެން އަށް 306 ވޯޓު ލިބިވަޑައިގެންފި

ޖޯޖިއާ ސްޓޭޓުން ލިބުނު 16 ވޯޓާއެކު ބައިޑެން އަށް 306 ވޯޓު ލިބިވަޑައިގެންފި ކަމަށް ބީބީސީ އިން ބުނެފި އެވެ. ބީބީސީ އިން ބުނީ މިއީ 1992 ވަނަ އަހަރުގެ ފަހުން ޖޯޖިއާގެ ވޯޓް ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓަކ...

14 Nov 2020 | 10:59

ޖޯޖިއާ ސްޓޭޓުން ލިބުނު 16 ވޯޓާއެކު ބައިޑެން އަށް 306 ވޯޓު ލިބިވަޑައިގެންފި ކަމަށް ބީބީސީ އިން ބުނެފި އެވެ.

ބީބީސީ އިން ބުނީ މިއީ 1992 ވަނަ އަހަރުގެ ފަހުން ޖޯޖިއާގެ ވޯޓް ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓަކު ކާމިޔާބު ކުރެއްވި ފުރަތަމަ ފަހަރު ކަމަށެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ މިހާރުދައްކާ ގޮތުން މިހާރުގެ ރައީސް ޑޮނަލްޓް ޓްރަމްޕަށް ލިބިވަޑައިގަންނަވާނެ ކަމަށް ބެލެވެނީ 232 ވޯޓެވެ. އެއީ ނޯތު ކެރޮލައިނާގެ ވޯޓާއެކުގަ އެވެ.

ޖޯޖިއާ އާއި ނޯތު ކޮރޮލައިނާގެ ވޯޓާ އެކު ހުރިހާ ސްޓޭޓްތަކެއްގެ ޕްރޮޖެކްޓެޑް ނަތީޖާ ލިބިފައިވާ އިރު، 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ޓްރަމްޕަށް ލިބިވަޑައިގެންނެވި އިލެކްޓޯރަލް ކޮލެޖް ވޯޓަށް ވުރެ އިތުރަށް ދެ ވޯޓު ބައިޑަން މި ފަހަރު ވަނީ ހޯއްދަވައިފަ އެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު ޖޯ ބައިޑެން ކާމިޔާބު ކުރައްވާފައިވާ އިރު، ޓްރަމްޕް އަދިވެސް ވިދާޅުވަނީ ބަލި ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ވޯޓު އޮޅުވާލާފައިވާ ކަމަށް ވިދާޅުވެ މައްސަލަ ޖައްސަވަމުންނެވެ.

އެހެންނަމަވެސް އިންތިޚާބާ ބެހޭ އޮފިޝަލުން ވިދާޅުވަމުން ގެންދަވަނީ މިފަހަރުގެ އިންތިޚާބަކީ އެމެރިކާގެ ތާރީޚުގައި ވެސް ސަލާމަތީ ގޮތުން އެންމެ ރައްކާތެރި އިންތިޚާބު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް