ރ. އަތޮޅުން އދ. އަތޮޅަށް ރީނދޫ ސަމާލު ނެރެފި

ރ. އަތޮޅުން އދ. އަތޮޅަށް ރީނދޫ ސަމާލު ނެރެފި އެވެ. ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ނެރެފައިވާ ރީނދޫ ސަމާލުގައި ބުނެފައިވަނީ މިއަދު ހަވީރު 3 އިން ފެށިގެން އިރުއޮއްސި7 ޖެހުމާއި ހަމައަށް ...

14 Nov 2020 | 10:05

ރ. އަތޮޅުން އދ. އަތޮޅަށް ރީނދޫ ސަމާލު ނެރެފި އެވެ.

ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ނެރެފައިވާ ރީނދޫ ސަމާލުގައި ބުނެފައިވަނީ މިއަދު ހަވީރު 3 އިން ފެށިގެން އިރުއޮއްސި7 ޖެހުމާއި ހަމައަށް އެ ސަރަހައްދުގައި މޫސުން ގޯސްވާނެ ކަމަށެވެ. އަދި 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

އެ އިދާރާއިން ބުނީ އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ.

އެހެންކަމުން މޫސުމަށް ބަލައިގެން ދަތުރުތައް ރޭވުމަށް އެ އިދާރާއިން ވަނީ އެދިފަ އެވެ. އަދި ކަނޑުދަތުރަކަށް ފެށުމުގެ ކުރިން މޫސުމާއިބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް ވެސް އެ އިދާރާ އިން ވަނީ އެދިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް