މެލޭޝިއާއަށް އެތެރެވާ ފަރާތްތަކުން އެ ގައުމުގެ ސަރުކާރަށް ދައްކަން ޖެހެ ކޯވިޑް ޓެސްޓު އަދި ކަރަންޓީން ފީ ފުރުމުގެ ކުރިން ދައްކައި ނިންމަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.
މެލެޝިއާގައި ހުންނަ ދިވެހި ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުުނެފައިވަނީ މާދަމާއިން ފެށިގެން އެ ގައުމަށް އެތެރެވާ ފަރާތްތަކުން ކަރަންޓީން ފީ ދައްކަން ޖެހޭ އުސޫލަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން ކަރަންޓިން ފީ އާއި ކޯވިޑަށް ޓެސްޓު ކުރުމަސް ދައްކަން ޖެހޭ ފީ މެލޭޝިއާއަށް އެތެރެވުމުގެ ކުރިން އޮންލައިންކޮށް ދައްކައި ނިންމަން ޖެހެނެ ކަަމށެވެ.
އެ ފައިސާ ދެއްކި ކަމުގެ ލިޔުން މެލޭޝިއާގެ އެއާޕޯޓުތަކުން އެތެރެވާއިރު މުވައްޒަފުންނަށް ދައްކަން ޖެހޭނެ ކަަމަށެވެ.
ކޯވިޑާއި ގުޅިގެން މެލޭޝިއާ ލޮކްޑައުން ކުރުމަށް އަލުންގައުމު ހުޅުވާލުމަށް ފަހު އެ ގައުމަށް އެތެރެވާ ފަރާތްތަކުގެ އަތުން ކަރަންޓީނާއި ކޯވިޑަށް ޓެސްޓު ކުރުމަށް ފީ ނަގަ އެވެ.
އެގޮތުން މެލޭޝިއާއަށް އެތެރެވާ މީހުން ކަރަންޓީން ފީގެ ގޮތުގައި1،124 ޑޮލަރު ދައްކަން ޖެހެ އެވެ. ބިދޭސީން މި އަދަދު ދައްކަން ޖެހުނު ނަމަވެސް ސަބްސިޑީގެ ގޮތުގައި މެލޭޝިއާއަށް އެތެރެވާ މީހުންނަށް ސަރުކާރުން ބައެއް ދައްކައިދޭތީ އެ ގައުމުގެ ރައްޔިތުން ދައްކަން ޖެހެނީ503 ޑޮލަރެވެ.
މެލޭޝިއާ އަކީ ގިނަ އަދަދެއްގެ ބިދޭސީ ދަރިވަރުން ކިޔަވާ ގައުމެކެވެ. ކޯވިޑާއި ގުޅިގެން މެލޭޝިއާ ލޮކްޑައުން ކުރުމުން ގިނަ އަދަދެއްގެ ދަރިވަރުން އެނބުރި ގައުމަށް ދިއުމަށް ފަހު ކޮލެޖު ޔުނިވާސިޓީތައް ހުޅުވުމުން މެލޭޝިއާއަށް ދަނީ ދަމުންނެވެ.
މެލޭޝިއާގައި ލޮކްޑައުނަށް ދިން ލުއިތަކާއި އެކު ކޯވިޑްގެ ކޭސްތައް އިތުރުވާން ފެށުމުން އެ ގައުމުން ވަނީ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް