ޖީ-20ގެ މާލީ ވަޒީރުންނާއި ސެންޓްރަލް ބޭންކް ގަވަރަނަރުންގެ އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމަށްފަހު، ފާސްކުރި "ކޮމަން ފްރޭމްވޯކް ފޮ ޑެބްޓް ޓްރީޓްމަންޓްސް ބިޔޯންޑް ޑީއެސްއެސްއައި" އަށް ދިވެހިރާއްޖެއިން މަރުހަބާ ކިޔައިފި.
މި ފްރޭމްވާކްގެ ސަބަބުން ދިވެހިރާއްޖެއަށް ކޯވިޑް-19ގެ ސަބަބުން ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ތައްޔާރުކުރެވިފައިވާ "ނެޝިނަލް ރެސިލިއަންސް އެންޑް ރިކަވަރީ 2020-2022 " ގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ "ޑެބްޓް މެނޭޖްމަންޓް/ދަރަނި މެނޭޖްކުރުމުގެ" ގެ މަޝްވަރާތަކަށް އަލި މަގެއް ފެނިގެންދާނެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ދިވެހިރާއްޖެފަދަ އިގްތިސޯދީ ގޮތުން ނާޒުކު، ކުދިޖަޒީރާ ގައުމުތަކަށް، މިދަނޑިވަޅުގައި ދަރަނީގެ ލުއި ދިނުމުގެ މުހިއްމުކަން ފާހަގަކޮށް އެކަމާގުޅޭ ގޮތުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ތަކުރާރުކޮށް ބައިނަލްއަޤްވާމީ މައިދާނުގައި ވާހަކަފުޅު ދައްކަވާފައި ކަމަށެވެ.
މިގޮތުން ޖީ77 ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި އާއި އދ.ގެ އާއްމު މަޖްލީހުގައި ބައްދަލުވުމުގައި މިފަދަ މަސައްކަތެއްގެ މުހިންކަން އެކަމަށް ރާއްޖެ ފަދަ ޤައުމުތަކަށް ދަރަނި އަދާކުރުމުގައު ލުއި ގޮތްތަޖެއް ހޯދައި ދިނުމުގެ މުހުންމުކަމަށް އަލިއަޅުވާލައްވައި އެފަދަ މަގެއް ފަހި ކޮށް ދެއްވުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކަށް/ މުޖުތަމަޢަށް ގޮވާލައްވާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް