މަޑިވަރު އެއާޕޯޓް ނިންމައި، އަންނަ އަހަރު ކުރީކޮޅު ހިދުމަތް ދޭންފެށޭނެ: މިނިސްޓަރު ނަހުލާ

ޅ. އަތޮޅު މަޑިވަރުގައި ތަރައްގީކުރަމުން އަންނަ "މަޑިވަރު އެއާޕޯޓް"ގެ މަސައްކަތް ނިންމި، އަންނަ އަހަރުގެ ކުރީކޮޅު އެ އެއާޕޯޓްގައި ހިދުމަތް ދޭން ފެށޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވިދ...

14 Nov 2020 | 07:35

ޅ. އަތޮޅު މަޑިވަރުގައި ތަރައްގީކުރަމުން އަންނަ "މަޑިވަރު އެއާޕޯޓް"ގެ މަސައްކަތް ނިންމި، އަންނަ އަހަރުގެ ކުރީކޮޅު އެ އެއާޕޯޓްގައި ހިދުމަތް ދޭން ފެށޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ނަހުލާ މިހެން ވިދާޅުވީ ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން، ދައުލަތުގެ ޓީވީ ޕީއެސްއެމްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.

މި އިންޓަވިއުގައި މިނިސްޓަރު ނަހުލާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް އެއް ހަމައެއްގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތައް ކުރައްވަމުންދާކަމަށެވެ.

މަސައްކަތް ފަށާފައި ނުނިމި ހުރި އެއަރޕޯޓްތަކުގެ ތެރެއިން ކުޅުދުއްފުއްޓާއި މާވަރުލު އެއަރޕޯޓްގެ މަސައްކަތް މުޅިން ނިންމައި ޝެޑިއުލް ދަތުރުތައް ފަށާފައިވާކަން މި އިންޓަވިއުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މަޑިވަރު އެއާޕޯޓް ތަރައްގީކުރަނީ ދިވެހި އަމިއްލަ ކުންފުންޏެއް ކަމުގައިވާ ކުރެއްދޫ ހޯލްޑިންގްސް އިންނެވެ. މި ޕްރޮޖެކްޓް އެ ކުންފުންޏާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއެކޮށްފައިވަނީ 2018 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.ކުރެއްދޫ ހޯލްޑިންގްސްއިން އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ބީޔޫސީޖީ ކުންފުންޏާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް