ދިގުރަށުގައި ބީއެމްއެލްގެ ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި

އދ. ދިގުރަށުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސެލްފް ސާވިސް އޭޓީއެމްއެއް ހުޅުވައިފި އެވެ. މި އޭޓީއެމް މެދުވެރިކޮށް ވިޔަފާރިތަކާއި އަމިއްލަ ފަރުދުންނަށް ފައިސާ ޖަމާ ކުރުމާއި ނެގުމާއި ޓްރާންސް...

14 Nov 2020 | 05:29

އދ. ދިގުރަށުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސެލްފް ސާވިސް އޭޓީއެމްއެއް ހުޅުވައިފި އެވެ.

މި އޭޓީއެމް މެދުވެރިކޮށް ވިޔަފާރިތަކާއި އަމިއްލަ ފަރުދުންނަށް ފައިސާ ޖަމާ ކުރުމާއި ނެގުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ އެވެ.

މިއީ އދ. އަތޮޅުގައި ބީއެމްއެލްއިން ހުޅުވި ތިން ވަނަ އޭޓީއެމްއެވެ. އޭޓީއެމްއާއި އެކު ބީއެމްއެލް ބްރާންޗުގެ ހިދުމަތް އެ އަތޮޅު މަހިބަދޫއިން ލިބެ އެވެ.

ބީއެމްއެލްއިން ބުނީ ކަސްޓަމަރުންނަށް އަމިއްލަ ރަށުގައި ތިބެގެން ބޭންކިންގެ ހިދުމަތް ފަސޭހަ ކަމާއި އެކު ލިބޭނެގޮތް ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތުގެ އިތުރުން އޭޓީއެމް ނެތް ރަށްރަށުގައި ދޭ ޕީއޯއެސް އެޖެންޓުންގެ ހިދުމަތްތައްވެސް އަންނަނީ ފުޅާ ކުރަމުންނެވެ.

ބީއެމްއެލްއިން ވަނީ ޕީއޯއެސް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމުގެ ހިދުމަތް ހިލޭ ދޭން ފަށާފައި އެވެ. ޕީއޯއެސް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާ ކުރުން އަދި ޓްރާންްފާ ކުރުމުގެ ހިދުމަތް ލިބެ އެވެ.

ބީއެމްއެލްއިން އެންމެ ފަހުން ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ދޭންފެށީ އއ. ތޮއްޑޫގައި އެވެ. އޭގެ އިތުރުން މި ފަހުން ވަނީ ނ. ކެނދިކުޅުދޫ، ތ. ތިމަރަފުށި އަދި އއ. އުކުޅަހުގައި އޭޓީމެމް ހުޅުވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް