ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް، އުތުރާއި މެދު ރާއްޖެ ތެރެ ހުދު އެލާޓުގައި

ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ. މިދިޔަ ހަފްތާއިން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ. މިހާރު އެންމ...

14 Nov 2020 | 04:59

ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

މިދިޔަ ހަފްތާއިން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ. މިހާރު އެންމެ ބޮޑަށް ވިއްސާރަ ކުރަމުން ދަނީ އުތުރާއި މެދު ރާއްޖެ ތެރޭގެ ރަށްތަކަށެވެ.

މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 9:00 ން މެންދުރު 1:00 އަށް ހއ. އަތޮޅުން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓު ނެރެފައި އެވެ. އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެ އެވެ.

އަދި އާންމު ގޮތެއްގައި 22 މޭލާއި 27 މޭލާއި ދެމެދު ބާރުމިނުގައި ވައި ޖެހޭނެ ކަމަސް ލަފާ ކުރެ އެވެ. ވިލާގަނޑުގައި 45 މޭލަށް ވައިގަދާނެ ކަމަށް ލަފާ ކުރެ އެވެ.

ހުދު އެލާޓު ނެރެނީ މޫސުން ގޯސްވެދާނެތީ ރައްކާތެރިވުމަށް ސަމާލުކަން ދޭން ހަނދާން ކޮށްދިނުމުގެ ގޮތުންނެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވާނެ ކަމަށެވެ.

މޫސުމަށް ސަމާލުކަން ދީގެން ކަނޑު ދަތުރު ކުރުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް