ޔުނިޓީ ޔޫތް ފުޓްސަލް ޖެލެންޖް: ޓޮޕް ސްކޯރާގެ މަގާމު ހޯދާނީ ކޮން ކުޅުންތެރިއެއް؟

ލ. ފޮނަދޫގައި މިހާރު ކުރިޔަށްދާ ޔުނިޓީ ޔޫތް ފުޓްސަލް ޗެލެންޖް 2020 މުބާރާތުގެ ފައިނަލް މެޗަށް މި ވަނީ ތައްޔާރުވެފައެވެ. މި މުބާރާތުގެ ފައިނަލް މެޗު މިރޭ ކުޅެން ހަމަޖެހިފައިވާއިރު، މި މުބާރާތުގައި މިހާ...

14 Nov 2020 | 04:06

ލ. ފޮނަދޫގައި މިހާރު ކުރިޔަށްދާ ޔުނިޓީ ޔޫތް ފުޓްސަލް ޗެލެންޖް 2020 މުބާރާތުގެ ފައިނަލް މެޗަށް މި ވަނީ ތައްޔާރުވެފައެވެ. މި މުބާރާތުގެ ފައިނަލް މެޗު މިރޭ ކުޅެން ހަމަޖެހިފައިވާއިރު، މި މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިންނަކީ ކޮބައިތޯ ބަލާލުން މުހިންމު ކަމުގައި ދެކެމެވެ.

އެގޮތުން މި މުބާރާތުގައި މިހާތަނަށް 30 މެޗު ކުޅެވިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ގްރޫޕް ސްޓޭޖުގެ 24 މެޗާއި ކުޢާޓާ ފައިނަލްގެ 4 މެޗުގެ އިތުރުން ސެމީފައިނަލްގެ ދެމެޗެވެ.

ފައިނަލް މެޗާއި ހަމައަށް މުބާރާތުގެ ކުޅުން ދިޔައިރު، މި މުބާރާތުގެ ކޮންމެ މެޗެއް ވެސް ފާހަގަ ކުރެވިގެން ގޮސްފައިވަނީ ބޮޑެތި ނަތީޖާ ތަކެއް ނެރެފައިވާ  މެޗުތަކެއްގެ ގޮތުގައެވެ. އެގޮތުން މި މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިންނަށް ބަލާއިރު، ގޯޅި ސްޕޯޓްސް ކުލަބުގެ އަޙުމަދު ހަލީމް (އަންމަޑޭ)، އަޔާޒް އަޙުމަދު (އަޔާ) އަދި ކަންމަތި ސްޕޯޓްސް ކުލަބުގެ އަޙުމަދު އަޖުވަދް ހިމެނެއެވެ.

މީގެ ތެރެއިންވެސް މިހާތަނަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްގެން ޓޮޕް ސްކޯރާގެ ލިސްޓުގެ އެއްވަނާގައި 19 ލަނޑާއި އެކު އޮތީ ގޯޅި ސްޕޯޓްސް ކުލަބުގެ އަޙުމަދު ހަލީމް (އަންމަޑޭ) އެވެ. 14 ލަނޑާއި އެކު ލިސްޓުގެ ދެވަނާގައި ގޯޅި ސްޕޯޓްސް ކުލަބުގެ އަޔާޒް އަޙުމަދު (އަޔާ) އޮތްއިރު، ތިންވަނާގައި އޮތީ 7 ލަނޑާއި އެކު ކަންމަތި ސްޕޯޓްސް ކުލަބުގެެ އަޙުމަދު އަޖުވަދް އެވެ.

މިރޭ ކުޅޭ ފައިނަލް މެޗުގައި ލަނޑު ޖަހައިގެން ލިސްޓުގެ އެއްވަނަ ހޯދުމުގެ ފުރުސަތު މީގެން ކޮންމެ ކުޅުންތެރިއަކަށް ވެސް އަދި އެބައޮތެވެ.

މި މުބާރާތުގެ ފައިނަލް މެޗު މިރޭ ކުޅެން ހަމަޖެހިފައިވާއިރު، މިރޭގެ ފައިނަލް މެޗު ފަށާނީ 8:30 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް